އިސްތަށި ފޭބުމަކީ ގިނަ ޒުވާނުންނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަ އެކެވެ. ހާއްސަކޮށް އަންހެނުންނަށެވެ. މި މައްސަލައަކީ އަމިއްލަ ކެއިންބުއިމުގެ އާދަތައް ހުންނަ ގޮތުން މެދުވެރިވާ ކަމަކަށް ވެދާނެ އެވެ. އެހެން ކަމުގައި ތިރީގައިވާ ބާވަތްތައް ހިމަނައިގެން ކެއުން ރަނގަޅުކޮށްލުން އެދެވިގެންވެ އެވެ.

އަލްމަންޑްސް

ވިޓަމިންސް އީ ހިމެނޭ އަލްމަންޑްސް އަކީ އިސްތަށިގަނޑު އަވަހަށް ދިގުކޮށްދިނުމަށް އެހީތެރިވެދޭ ކާނާ އެކެވެ. އަލްމަންޑްގައި ހިމެނޭ ވިޓަމިންސްގެ ސަބަބުން އިސްތަށިގަނޑުގައި ހުންނަ ޓީޝޫތަކަށް ފަރުވާ ލިބި އިސްތަށި ފޭބުން ހުއްޓުވުމަށް އެހީތެރިވެދެ އެވެ.

ވޯލްނަޓްސް

އޮމެގާ 6 ގިނަ އަދަދަކަށް އެކުލެވިގެންވާ ވޯލްނަޓްސް އަކީ އިސްތަށިގަނޑު ވަރުގަދަކޮށް ބެހެއްޓުމަށް އެހީތެރިކޮށްދޭ ވަރަށް މުހިއްމު އެއްޗެކެވެ. ވިޓަމިން އީ އަދި ބީގެ އިތުރުން ޕްރޮޓީންސް ހިމެނޭ ވޯލްނަޓްސް އަކީ އެކަމަށް އޮތް ހައްލެކެވެ. މާ ގިނައިން ވޯލްނަޓްސް ބޭނުން ކުރުމަކީ އިސްތަށި ފައިބާ ކަމަކަށްވީ ނަމަވެސް އާދަކޮށް މަދު މިންވަރަކަށް ބޭނުންކުރާށެވެ.

އޯޓްސް

އޯޓްސް އަކީ ގިނަ އަދަކަށް އޮމެގާ 6 އެކުލެވޭ ކާނާ އެކެވެ. އިސްތަށިގަނޑު އޮމާންކޮށްދީ އަވަހަށް އިސްތަށިގަނޑު ދިގު ކުރުމަށް އޯޓްސް އެހީތެރިވެދެ އެވެ.

ކައްޓަލަ

އިސްތަށިގަނޑު ތަލަވުމުންނާއި އިސްތަށި ފޭބުމުން ދުރުކޮށްދޭ ކައްޓަލައަކީ ގިނަ އަދަދަކަށް ވިޓަމިން އޭ މާއްދާ އެކުލެވިގެންވާ ކާނާ އެކެވެ. އިސްތަށިގަނޑު އުޖާލާކަން މަތީ ބެހެއްޓުމަށް ވެސް ކައްޓަލަ އެހީތެރިވެދެ އެވެ.