ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ، ޝަރަފުވެރިކަމާއެކު މަގާމުން ވަކިވާން މިއަދު ހުށަހަޅުއްވައިފި އެވެ.
ޖޭއެސްސީން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެނގިފައިވާ ގޮތުގައި ހާތިފު ޝަރުއީ ދާއިރާ އިން ވަކިވަނީ ރާއްޖޭގައި ހުޅުވާ އެމެރިކާ އެމްބަސީގެ ލީގަލް ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާގެ މަގާމާ ހަވާލުވުމަށެވެ.
ސިވިލް ކޯޓުގެ ގާޒީ ކަމުގައި ހުންނަވަނިކޮށް ހާތިފު އިސްފަނޑިޔާރަކަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި ޝުޖާއު އުސްމާން އިސްތިއުފާ ދެއްވުމުންނެވެ.
ހާތިފް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާއަކީ 2009 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުކަމުގައި ހުންނެވި ބޭފުޅެކެވެ.
މީގެއިތުރުން ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވެސް ވަނީ މީގެކުރިން ރިޓަޔާވުމަށް އެދިވަޑައިގެންފަ އެވެ.
ކެއިންބުއިމުގައި ދޮންކެޔޮ ހިމަނަންވީ 5 ސަބަބެއް!
ޖެކީ ޗެންގެ މިލްކިއްޔާތުން ދަރިންނަށް ހިއްސާއެއް ނެތް!
މެމްބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ދެވޭނެ ހަމައެއް ނެތް

ފަޑިޔާރުންނަށް ލާރިބަހާ އުސޫލެއްހެދީމަ 10 އަހަރުވެފަތިބި ހުރިހާފަޑިޔާރުން އިސްތިޢުފާދޭނެ ޝަރުޢީ ދާއިރާގައި ތަޖުރިބާހުރި އެކަކުވެސް ދެން ނުހުންނާނެ