އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްޑޫއަށް މިއަދު ވަޑައިގެންފި އެވެ.
މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެމަނިކުފާނު އައްޑޫ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ރައީސް ޔާމީން އައްޑޫއަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވަޑައިގަންނަވަ އެވެ.
މި ދަތުރުފުޅުގައި ރައީސް ޔާމީން އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕިޕީއެމްގެ ބައެއް އޮފީސްތަކާއި ޖަގަހަތައް ހުޅުވަންވެސް ހަމަޖެހިފައިވާކަމަށް ޕީޕީއެމް އިން ބުނެ އެވެ.
ރައީސް ޔާމީންގެ އައްޑޫ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ 10 ނޮވެމްބަރުގަ އެވެ. އަންނަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ރައީސް ޔާމީން އަންނަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ.

ރޯދަ މަލާފަތް: މަސްހުނީގެ ބަދަލުގައި މަސް ކުރޮޅި!
އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ
ބައްސާމް 24 ގަޑިއިރު ނުވަނީސް އަނބުރާ ޖަލަށް ބަދަލުކޮށްފި
ރައްޔިތުން ގުންބޯ ހެދިގެން ސިޔާސީ ވަފާތެރި ކެހިވެރިންނާއި އެކު ފޮޓޯނެގުވެނީ !