ޕީޕީއެމްގެ ދެން އަންނަ ވެރިކަމުުގައި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން މާލޭގައި އޮންނަ މައި ސަރުކާރަށް ފޮނުވުން ނިމުމަކަށް ގެންނަވާނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ހއ. ކެލާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ފުރިހަމަ ބާރު ރަށްތަކުގެ ކައުންސިލްތަކާއި ރައްޔިތުންނަށް ދެއްވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ލޯކަލް ކައުންސިލްތައް ހިނގަމުންދާ ގޮތަށް ބަލާއިރު، އެއްވެސް ރަށަކަށް އެރަށެއްގައި އިގްތިސާދީ ކަންކަން ހިންގުމުގެ ބާރުވެރިކަން ލިބޭނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
"މިހާރު މި އޮތް ގޮތަށް އޮވެގެން އެއްވެސް ރަށަކުން ރަށުގެ ރައްޔިތުން ބޭނުންވެގެން އަދި އިގްތިސާދީ މަންފާއެއް ހޯދުމަށް ސިނާއީ މަސައްކަތް ކުރުމަށް ބިން ދެވޭނެ ގޮތެއް ނޯވޭ ރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދިފަ ނެތީމާ" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހަދަނީ ވެސް ރައްޔިތުން ކަމަށާއި އެހެންކަމުން ޕްލޭން ފާސް ކުރުމުގައި މާލޭގައި އޮންނަ މައި ސަރުކާރުގެ ދައުރެއް އޮންނަން ނުޖެހޭ ކަމަށެވެ.
"ލޭންޑް ޔޫސް ޕްލޭން ހައްދަވާނީ އެ ރަށެއްގެ ރައްޔިތުން. މާލެއާ ހަމައަށް ފޮނުއްވަން ނުޖެހޭނެ. ފާސްކުރައްވާކަށް ނުޖެހޭނެ. އެ ލޭންޑް ޔޫސް ޕްލޭން ހަދައިގެން ބުރަ ވެސް އުފުލާނީ އަދީ އޭގެއިން ފައިދާ ވެސް ލިބޭނީ އެ ރަށެއްގެ ރައްޔިތުންނަށް. އެއީ ދެއްތޯ ރައްޔިތުން ބާރުވެރިކުރުމަކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
މަމެން ވަރަށް އުފާވެއޭ ރާއްޖޭގެ ހުރިހާ ނޫސް ތަކަށް މިހާރު މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް ގެ ވާހަކަ ތައް ޑޮމިނޭޓް ކޮށް ތަމެންގެ ކައްޕަޅި ސަރުކާރުން ކުރާ ކައްޕަޅި ކަންކަން އޮއި ކަޅަށް ރައްޔިތުން ބަދަލު ކުރަމުންދާ މަންޒަރު ފެނުމުން އިޓްސް ގޮނާ ސަކް ދޯ އޯއް ޔޭއް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑާއި ޑާއި ޑާއި ޑާއި ޑާންސް ޑާންްސް ޑާންސް ޑާންސް ޑާންސް...