ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުން އަންނަ އޮޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ފާހަގަ ކުރެވިފައިވާ ކަމަށާއި އެއުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމައިފި އެވެ.
މިނިސްޓަރު ނަހުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓާކޮށްފައިވާ އުޅަނދުތައް ފެންނަ ކަމަށެވެ.
"ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ވާހަކަ ދަންނަވަން. އުޅަނދު ރަޖިސްޓަރ ކުރުމުގައި ގަވާއިދުގެ ތެރެއިން ކުރުމަށް އިލްތިމާސްކުރަން،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ، ރައީސް ސޯލިހުގެ ވައުދުފުޅެއް ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ 98 ވެލިކަލެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވެސް ވަނީ ބާތިލްކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި 98 ވެހިކަލްގެ ތެރޭގައި، ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، އަދި ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ހިމެނޭ ކަމަށެވެ.
މިވެހިކަލްތަކުގެ ރަޖިސްޓްރީ ނަމްބަރުތައް ވަނީ ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފަ އެވެ.
އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބުރޫ އެރުމުގެ ބިރު ބޮޑުވެއްޖެ
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އެހެންތޯ ޒީރޯޓޮލަރެންސް ފޯރ ކޮރަޕްޝަނޭތޯ……؟ ހައްޕު.