ބަނޑުގައި ރިއްސާ، ހަޖަމު ކުުރުމުގެ ނިޒާމަށް މައްސަލަ ޖެހުމަކީ ކުޑަ ކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް އާންމުކޮށް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ގޮހޮރުގެ މައްސަލަތަކާއި ބަނޑުގައި ޖަރާސީމު އުފެދުމަށް ފުރުސަތު ހުޅުވެ އެވެ.

އެގޮތުން ގޮހޮރުގެ ސިއްހަތު ރަނގަޅު ކުރަން އަމިއްލައަށް ވެސް ގޭގައި މަސައްކަތް ކުރެވިދާނެ އެވެ. އެގޮތުން ތިރީގައި މިވާ ކާނާ ކެއުމުގައި ހިމަނާށެވެ.

އޮރެންޖް

އޮރެންޖަކީ ބަނޑުތެރެ ސާފުކޮށް ކާނާ ހަޖަމްކުރުމަށް އެހީވެދޭ ކާނާ އެކެވެ. ހަމަ އެހެންމެ ކާނާ ހަމަޖު ވާއިރު ހަށިގަނޑު “ކޫލް” ކޮށް ބެހެއްޓުމަށް ވެސް އޮރެންޖު އެހީވެދެ އެވެ. މީގެ އިތުރުން އޮރެންޖަކީ ވިޓަމިސް ސީ އަދި އަލްކަލިން ހިމެނޭ މޭވާއެއް ކަމުން ދިފާއީ ނިޒާމު ރަނގަޅުކޮށްދީ ހަށިގަނޑުގައި ހުންނަ ޖަރާސީމުތައް ފިލުވައިދެ އެވެ.

ލޮނުމެދު

ލޮނުމެދަކީ ގިނަ މީހުންނަށް މާ ކަމުދާ އެއްޗެއް ނޫނެވެ. ގިނަ ފަހަރަށް މިއީ ތަށީގެ އެއްފަރާތެއްގައި ބޭއްވޭ އެއްޗެކެވެ. އެހެން ނަމަވެސް ލޮނުމެދަކީ އޭގައި އެތައް ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ ގުދުރަތީ ބޭހެކެވެ. އެގޮތުން ލޮނުމެދު ކެއުމުން ގޮހޮރު ސާފުކޮށްދެ އެވެ. އަދި ބެކްޓީރިއާ ފަންގަސް ފަދަ ހަށިގަނޑަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް އެހީވެދެ އެވެ.

ސްޓްރޯބެރީ

މިއީވެސް އޮރެންޖުން ލިބޭ ފައިދާތައް ލިއްބައިދޭ މޭވާ އެކެެވެ. މީގެ އިތުރުން ސްޓްރޯބެރީއަކީ ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ހިމެނޭ މޭވާއެއް ކަމުން ބަނޑުގައި އުފެދޭ ޖަރާސީމުތައް ނައްތާލުމަށް ބޮޑު ދައުރެއް އަދާކުރެ އެވެ.