ހުޅުމާލެ ނެރުމަތިން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގީ މިރޭ 7:55 ހާއިރު، ހުޅުމާލޭ ނެރުމަތިން ބޮޑު ލޯންޗަކާއި ކުޑަ ލޯންޗެއް ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި ހަތް މީހުންނާ އެކު ދަތުރުކުރި ބޮޑު ލޯންޗު، ކުޑަ ލޯންޗުގައި ޖެހުމުން އޭގައި ތިބި ހަތަރު މީހަކަށް އަނިޔާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އަނިޔާ ލިބިފައި ވަނީ ދިވެހި ދެ ފިރިހެނުންނާއި އެއް ބިދޭސީ ފިރިހެނަކާއި އަންހެނަކަށެވެ.
ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި
މައިންބަފައިން ކާމޭޒު ދޮށުގައި މާ ގިނައިން ފޯނު ބޭނުންކުރޭ!
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް