ހއ. އަތޮޅާއި ހދ. އަތޮޅަށް މުދާ އުފުލާ ބޯޓެއް ފަރަށް އަރައި އަޑިއަށް ހިނގައްޖެ އެވެ.
ހދ. ނޮޅިވަރަންފަރު ފަރަށް އަރައި އަޑިއަށް ދިޔައީ ހއ. ކެލާ "ސަވާރީ" ބޯޓެވެ.
އެ ބޯޓުގައި ހުރި މުދާތައް ނެގުމުގައި އެހީތެރިވުމަށް ކެލައިން 36 މީހުންގެ މައްޗަށް އެކުލެވޭ ޓީމެއް ހާދިސާ ހިނގި ސަރަހައްދަށް މިހާރު ގޮސްފައިވާ ކަމަށް ކެލާ ކައުންސިލުން ބުންޏެވެ.
ކެލާ ކައުންސިލުން ބުނިގޮތުގައި އެ ބޯޓުގައި ހުންނާނީ ނޮޅިވަރަންފަރާއި ކެލާގެ މުދާ ކަމަށެވެ.
އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރި ލަންދޫ ބޯޓު ވަނީ ކ. ގާފަރާ ދިމާލުން އަޑިއަށް ގޮސްފަ އެވެ. އެ ހާދިސާގައި އެ ބޯޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
ހަސީނާގެ ތަގުރީރުގައި އިންޑިއާގެ ބައިވެރިވުމެއް ނެތްކަމަށް ބުނެފި
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
