ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު އެތަނުގެ ސީލިން ފަޅާލައިގެން ފިލައިފި އެވެ.
ފުލުހުން ބުނީ އެއާޕޯޓުގައި ހުންނަ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ރޭ ފަތިހު ލިބިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަކަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުދެ އެވެ. އަދި ފިލައިގެން ގޮސްފައިވަނީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އިމިގްރޭޝަނުން މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ނުބުނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފިލި މީހާއަކީ މީގެ ކުރިން ރާއްޖެއިން ޑީޕޯޓު ކޮށްލާފައިވާ ބިދޭސީއެކެވެ.
އެއަޕޯޓް ޑިޓެންޝަން ސެންޓަރުން ބިދޭސީ އަކު ފިލާފައިވާއިރު، އެއަޕޯޓުގައި ޖާސޫސް ކުރިކަމަށް ތުހުމަތު ކުރެވޭ ދެ ބިދޭސީއަކު މިދިޔަ ހަފްތާގައިވަނީ ހައްޔަރުކޮށްފަ އެވެ.
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
އިތުރު ވަސީލަތްތަކާއެކު ރަސްފަންނު ތަރައްގީކުރަން ފާސްކޮށްފި
ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ ބާރު ރައީސަށް ދޭތީ ކަންބޮޑުވުން
ހާދަ ސެކިއުރިޓީ ވަރުގަދައޭ ދޯ