ކެބެޖަކީ އާންމުކޮށް ޖޫސް ގިރަން ބޭނުންކުރާ ބާވަތެއް ނޫން ނަމަވެސް ކެބެޖްއިން ތައްޔާރުކޮށްލެވޭ ޖޫހަކީ ހަށިގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދޭ، އެތައް ބަލިތަކަކުން ދިފާއުކޮށްދޭ ބުއިމެކެވެ.

ބޭނުންވާ ތަކެތި

  • 1 އަލޯވެރާ ފަތް ނުވަތަ އެއް ޖޯޑު އަލޯވެރާ ޖޫސް
  • 1 ކިއުކަމްބާ
  • 1 ސައިސަމުސާ އިނގުރު
  • ކެބެޖެއްގެ ފަޅިއެއް
  • 1/2 ޖޯޑު ކުދީނާފަތް

ތައްޔާރުކުރާނެ ގޮތް

މަތީގައިވާ ހުރިހާ ތަކެއްޗެއް މިކްޗަރަކަށް އަޅައި ރަނގަޅަށް ގިރާލާށެވެ. ގިރާ ނިމުމާއެކު ބޯލުން ވަރަށް މުހިއްމެވެ. ( މި ބުއިން ތައްޔާރުކޮށްފައި މާ ގިނައިރު ބެހެއްޓުން ރަނގަޅެއް ނޫން)

ފައިދާތައް

ހަންގަނޑު އޮމާންވުން

ކެބޭޖް ޖޫހުގައި ގިނަ އަދަދަކަށް ވިޓަމިން އީ، ސީ އަދި އޭ އެކުލެވެ އެވެ. މީގެ ސަބަބުން ހަންގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދެ އެވެ.

ކެންސަރުން ދުރުކޮށް ދިނުން

ކެބެޖް ޖޫހުގެ ސަބަބުން ބްލެޑާ ކެންސަރުން ދުރުކޮށްދެ އެވެ. އެއާއެކު ކެބެޖް ޖޫހުގައި ގިނަ އަދަދަކަށް ގުލްކޯސިނޮލޭޓް އެކުލެވޭއިރު އޭގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އައިސޯތައޯސައިނޭޓްއަކީ ކެންސަރުން ދުރުކޮށްދޭ މާއްދާ އެކެވެ.

ބަރުދަން ލުއިކުރުމަށް އެހީވުން

ކެބެޖް ޖޫހުގެ ސަބަބުން ގޮހޮރު ސާފުކޮށްދެ އެވެ. މީގެ ސަބަބުން ހަޖަމްކުރަން ފަސޭހަވެ ހަށިގަނޑުގައި ސަރުބީ އުފެއްދުމުގެ ފުރުސަތު ވެސް ހަނިކޮށްދެ އެވެ.