އެކްޓިންގެ ކެރިއަރަށްޓަކައި ހޮލީވުޑަށް ދާނެކަމަށް ބުނުމުން ބޮލީވުޑްގެ ފަންނާނު އަނަންޔާ ޕާންޑޭއަށް އާންމުން ފާޑުކިޔަން ފަށައިފި އެވެ.
އަނަންޔާ މިފަދައިން ބުނެފައިވަނީ އޭނާ އެންމެ ފަހުން ކުޅުނު ފިލްމު 'ލައިގަރ'ގެ ޑައިލޮގެއްގަ އެވެ. ނަމަވެސް އެ ޑައިލޮގްގައި އެފަދައިން ބުނުމުން އާންމުން ވަނީ ސޯޝަލްމީޑިއާގައި އަނަންޔާއަށް ފާޑުކިޔަން ފަށާފަ އެވެ.
އެގޮތުން ހޮލީވުޑަށް ދިއުމުގެ ކުރިން ފުރަތަމަ ބޮލީވުޑްގައި ކެރިއަރެއް ހެދުމަށް ބުނެ އާންމުން ވަނީ އަނަންޔާއަށް މަލާމާތް ކޮށްފަ އެވެ.
އަނަންޔާއަށް އާންމުންގެ ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހޭއިރު، ދާދި ފަހުންވެސް އަނަންޔާ ވަނީ އޭނާއަށް ފާޑުކިޔުންތައް އަމާޒުވާތީ އެކަމާއި ކަންބޮޑުވާކަމަށް ބުނެފަ އެވެ.
އެގޮތުން އޭނާ ހިކިކޮށް ހުންނާތީ އެކަމާއި ފާޑުކިޔާ ކަމަށާއި، އަނަންޔާގެ ހުންނަ ވާހަކަދެއްކުމުގެ މިޒާޖަށް ގިނަ ބަޔަކު ފާޑުކިޔާކަމަށް އަނަންޔާ ބުނެފައިވެ އެވެ. އެހެންނަމަވެސް އެއީ އޭނާ ބޮޑުވަމުން އައި އިރުވެސް ވަހަކަދައްކަމުން ދިޔަ ގޮތް ކަމަށާއި، ކޮންމެ މީހަކުވެސް ވާހަކަދައްކާއިރު، އަމިއްލަ ރާގެއް ހުރުމަކީ މައްސަލައެއް ނޫން ކަމުގައި އަނަންޔާ ފާހަގަކޮށްފައިވެ އެވެ.
ބާއްޖަވެރި ދުވަހަކަށް ގެންގުޅެންޖެހޭ ހެނދުނުގެ 5 އާދައެއް!
ލަންކާގައި މިފްކޯގެ އުފެއްދުންތައް ތައާރަފުކޮށްފި
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!
