ރަށްރަށުގެ ރައްޔިތުން ބޭނުންވާ މިންވަރަކަށް ހައުސިންގ ޔުނިޓްތަކެއް ނޭޅޭނެ ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަސްލަމް ވިދާޅުވީ ކުރީގެ ހައުސިން މިނިސްޓަރު ރާއްޖޭގެ ހުރިހާ ރަށަކުން ހައުސިން ޔުނިޓްތަކެއް އަޅަން ބޭނުންވާ އަދަދު ހޯއްދެވި ކަމަށެވެ. ރަށްރަށުން ލިސްޓުތަކެއް ދިން ކަމަށާއި އަދި އޭގެ ތެރޭގައި ގިނަ އަދަދުތަކެއް ވެސް ހިމެނޭ ކަމަށް އަސްލަމް ވިދާލުވިއެވެ. ނަމަވެސް އެކަން ކުރާނެ ގޮތެއް ނޭނގޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"މީހެއް ކައިރީގައި ކޮން އެއްޗެއްހޭ ބޭނުމީ އެހީމަ ބޮޑު ލިސްޓެއް ދޭނެ. އަޅުގަނޑު މީގެ ކުރީގައިވެސް މިތަނުގައި ދަންނަވާފައިވާނެ ރަށްރަށުން ހުށަހެޅި ލިސްޓުތަކުގައި ހުރި އަދަދަކަށް އަތޮޅުތަކުގެ ރަށްތަކުގައި ހައުސިން ޔުނިޓްތަކެއް އެގޮތަކަށެއް އަޅުގަނޑަކަށް ނޭޅޭނެޔޭ. އެގޮތަކަށް ސަރުކާރަކަށް ނުއެއް ކުރެވޭނެޔޭ. އެއީ ސަސްޓެއިނަބަލް ގޮތެއް ނޫނޭ. އެ މިންވަރަކަށް އެ ބާރު މިނުގައި އެގޮތަކަށެއް ނުކުރެވޭނެޔޭ" އަސްލަމް ވިދާޅުވި އެވެ.
ގައްދޫގައި އަޅާ ހައުސިންގ ޔުނިޓްތަކާބެހޭ ގޮތުން އަސްލަމް ވިދާޅުވީ އަތުގައި ލިސްޓު ނެތް ކަމަށާއި ޖެހޭނީ ލިސްޓު ބަލަން ކަމަށެެވެ.