މާލެ އިން ގެއްލިގެން ހޯދި 17 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދީ ސ. ފޭދޫ އަށް ނިސްބަތްވާ އާމިނަތު ޒާރާ ރިޔާޒް އެވެ.
ފުލުހުން ބުނީ އެ ކުއްޖާ މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އެ ކުއްޖާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އެންމެ ފަހުން ޒާރާއާ ވާހަކަދެކެވިފައިވަނީ އާދީއްތަ ދުވަހުގެ ރޭ 9 ޖަހާއިރު، އޭނާގެ މަންމައާ ވައިބާއިން ކަމަށް، އާއިލާއިން ބުނެފައިވެ އެވެ.
"އަޅުގަނޑުމެން އެ ރައްޓެހި ކުއްޖާ ކައިރީގައި އެހީމަ ބުނި ޒާރާ އެރޭ ރަސްފަންނަށް ދަނީއޭ ބުނެފައި އެ ގެއިން ދިޔަކަން. އެރޭ މަންމަ މެސެޖް ކުރީމަ ޒާރާ ބުނީ އެހެން ރަހުމަތްތެރިއެއްގެ ގެއަށްދަނީ އޭ. ދެން މަންމަ ގުޅި އެ ރަހުމަތްތެރިޔާއަށް. އޭނާ ބުނި އެ ގޭގައި އެކަކުވެސް ނޫޅެއޭ،" ޒާރާގެ ދައްތަ ބުނެފައިވެ އެވެ.
އެފްޑީސީއަށް 3 ވަނަ ޑީއެމްޑީއަކު ހަމަޖައްސައިފި
ހުސްވި ހަފުތާގައި އެންމެ ބޮޑު ހަރަދެއްކުރީ ސަބްސިޑީއަށް
ކާމިޔާބީގެ ސިއްރު: ވަގުތު "މެނޭޖް" ކުރަން ދަސްކުރުން!

ކުޑަކުދީން ރޭގަނޑު އެކަނިމާއެކަނި ބެޭރަށް ދޭތަ، ކުޑަކުދީންނަށް އެނގޭތަ ދޮގުހަދާ އޮޅުވާލާ މަކަރު ހަދައިގެން ބޭރުތެރެއަށް ގޮސް ބޭނުން ދުވަހެއް ވަންދެން ބޭރުގާ އުޅެފާ ގެއަށް އަންނަން.؟
ބިޓަކާ އެކީ ޓައިމް ސްޕެންޑް ކޮށްލީ