ބޮލީވުޑްގެ ތަރިންގެ ދިރިއުޅުމުގެ ވާހަކަތައް ހޯދުމަށް އަބަދުވެސް ޕަޕަރާޒިން މަސައްކަތް ކުރެ އެވެ. އަދި ފަންނާނުން އުޅޭ ނޫޅޭ ގޮތް ބަލައި ފޮޓޯ ނެނގޭތޯ އަބަދުވެސް މަސައްކަތް ކުރެ އެވެ.
މިފަދަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާ ފެށުމުން ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހެ އެވެ.
މިފަހަރު ޕަޕަރާޒީންގެ ލޯތަކުން ސަލާމަތްވެފައި ނުވަނީ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު އެވެ.
އެގޮތުން އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމުގެ ޝޫޓިންތައް ނިންމާލުމަށްފަހު އިންޑިއާއަށް އެނބުރި އައި ވަގުތު، އެއާޕޯޓަށް ރަންބީރު ވަނީ އާލިއާ ބަލައި ގޮސްފަ އެވެ.
އާލިއާ މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ނުކުމެގެން ރަންބީރްގެ ކާރަށް އެރުމާ ހަމައަށް ޕަޕަރާޒީން ނެގި ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ރަންބީރު އިނީ ކާރުން ނުފައިބަ އެވެ. އަދި އާލިއާ އަންނަ ތަން ފެނުމުން އޭނަ ކާރުގެ ދޮރު ހުޅުވާލުމާއެކު އާލިއާ ރަންބީރްގެ ގައިގައި ބާރަށް ބައްދާލާތަން ވެސް ފެނެ އެވެ.
ފޮޓޯތަކާއި ވީޑިއޯތަކަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައި ވަނީ ރަންބީރް އަންހެނުނަށް މަރުހަބާ ކިޔަން ކާރު ނުވެސް ފައިބައި އިނުމާއި އޭނާގެ މޫނުމަތިން ފެންނަން ހުރި ގޮތުން ބޮޑަށް ވައްތަރީ މަސްތުވެގެން ހުރި މީހަކާ އެވެ. ބޮލުގެ އިސްތަށިގަނޑު ވެސް އޮތީ ތަރުތީބެއް ނެތި ވިއްސިވިހާލިކޮށެވެ.
އާލިއާ އާއި ރަންބީރަށް އެ މީހުންގެ ފުރަތަމަ ދަރިފުޅު ލިބެން އުޅޭއިރު އެމީހުން ކައިވެނި ކުރީ މި އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ.
ހޮލީވުޑްގެ ފިލްމުގެ "ހާޓް އޮފް ސްޓޯން" ގެ ޝޫޓިން އަށް 28 އަހަރުގެ ބަތަލާ ލަންޑަށް ފުރީ މެއި މަހުގެ މެދުތެރޭގަ އެވެ. މުމްބާއީއަށް ރޭ އެނބުރި އައުމުގެ ކުރިން އާލިއާ އިއްޔެ ފިލްމުގެ ޝޫޓިން ނިމުނު ވާހަކަ ވެސް ސޯޝަލް މީޑިއާގައި ބުންޏެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޯދަ މަހުގެ ތަފާތު ސަގާފަތްތައް!
ރަމަޟާން މަހު ޖިއްދާގެ މި މިސްކިތަށް އިތުރު ހާއްސަ ކަމެއް!
ރަމަޟާން މަހުގެ 27 ވިލޭރޭ ހަރަމްފުޅު ފުރި ބާރުވެއްޖެ