ރަންވީރު ސިންގް އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރި އެކެވެ. ހަމައެހެންމެ އޭނާ އަކީ މިވަގުތު ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ތިބި އެކްޓަރުންގެ ތެރެއިން ހާއްސަ މަގާމެއް ހާސިލްކޮށްފައިވާ ތަރިއެއްވެސް މެއެވެ.
އޭނާގެ ފިލްމީ ހަޔާތުގައި ގިނަ އަދަދެއްގެ ފިލްމުތަކެއް ކުޅުނު ނަމަވެސް އެއިން އެއްވެސް ފިލްމަކީ ބަތަލެއްގެ ގޮތުގައި ރަންވީރު ކާސްޓަކަށް ނަގައިގެން ހަމަޖެހުނު ފިލްމުތަކެއް ނޫނެވެ. ނަމަވެސް އެ ފިލްމުތައް ރަންވީރުގެ ކެރިއަރުގެ ކުރިއެރުމަށް ވުމަށް ނުސީދާގޮތަކަށް ނަމަވެސް އެހީތެރިވެދީފައިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރެވެ.
އެގޮތުން ރަންވީރުގެ އެކްޓިންގެ ހުނަރު ބެލުންތެރިންނަށް ފާހަގަވި ފުރަތަމަ ފިލްމަކީ 'ބޭންޑް ބާޖާ ބާރާތް" އެވެ.
އެ ފިލްމުވެސް އެންމެ ފުރަތަމަ ދީފައިވަނީ ރަންބީރަށެވެ. އެހެންނަމަވެސް ސްކްރިޕްޓު ކަމުނުދިއުމާއ ގުޅިގެން އޭނާ ވަނީ އެދިލްމު ކުޅުމަށް އިންކާރުކޮށްފަ އެވެ.
އޭގެ އިތުރުންވެސް ސުޕަހިޓަކަށްވި 'ރާމް ލީލާ' ފަދަ ފިލްމުތައް އެންމެ ފުރަތަމަ ކުޅުމަށް ދެވުނީ ރަންބީރަށެވެ. ނަމަވެސް އެ ފިލްމުތައް ކުޅުމަށް އޭނާ ދެކޮޅު ހެދުމުން ރަންބީރުގެ ބަދަލުގައި ފިލްމުތައް ކުޅެފައިވަނީ ރަންވީރެވެ. އަދި އޭގެ ސަބަބުން އޭނާއަށް ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދެވިފައިވެ އެވެ.
މާލޭގެ މަގުމަތީގައި ގޮދަޑިއެއް ބެހެއްޓި މީހަކު ހޯދަނީ
އަކްޝޭގެ "ވެލްކަމް ޓު ދަ ޖަންގަލް" އާއްމުންނަށް ކަމުގޮސްފި
މޯލްޑިވްސް 2.0 ގެ ތެރެއިން އީ-ވޯޓިން ނިޒާމެއް ނުގެންނާނެ: ރައީސް
