ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ މަރުވެއްޖެ އެވެ.
މެރަޑޯނާ މަރުވެފައި ވަނީ ހިތުގެ ބައްޔަކާ ގުޅިގެން ކަމަށް ބޭރުގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ސިކުނޑީގެ ސާޖަރީއެއް ހެދުމަށްފަހު ދޫކޮށްލާފައި ވަނިކޮށް އޭނާ އަށް ހާޓްއެޓޭކެއް ޖެހިފައިވެ އެވެ.
މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ މެރަޑޯނާ ވަނީ 1986 ވަނަ އަހަރުގައި އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.
އޭނާ ކުޅެފައިވާ ކްލަްތަކުގެ ތެރޭގައި ބާސެލޯނާ އާއި ނަޕޯލީ އާއި ބޮކާ ޖޫނިއާ ފަދަ ޓީމްތައް ހިމެނެ އެވެ.
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ރިޓަޔާކުރައްވައިފި
އައްސާމް ކާރިސާ: އާއްމުންނަށް ކާތިކްގެ ދީލަތި އެހީއެއް!
ތުރުކީއާއެކު ހެދި އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި
