ޑީއާރްޕީގެ ނައިބު ލީޑަރުކަމުގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަނބުރާ ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.
ބޮޗޭ ވިދާޅުވީ އޭނާ އަނބުރާ ޕީޕީއެމާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ކަމަށެވެ. އަދި ޑީއާރްޕީގެ ނައިބު ލީޑަރުކަމުން ނާއި ޔޮޓް ޓްއާސްގައި އޭނާ އަދާކުރި މަގާމުން އިސްތިއުފާ ދިނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ މެދު އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަން ބަދަލުވިފަހުން ބޮޗޭ ޑީއާރްޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ޕީޕީއެމް އިން މަސައްކަތް ކުރަމުންދާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދާދިފަހުން ވިދާޅުވެފައި ވަނީ ވަކި ބައެއްގެ ޕްރެޝަރަށް ޖަލުގައި ހުރި ގައިދީއަކު މިނިވަންކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަކޮށްލައިފި
އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ
އަލިފާނުގެ ސަބަބުން 10 ގޭގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
