ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް އައްޔަންކުރައްވައިފި އެވެ.
އިނާޒް ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އާތިފާ އަލީގެ ދައުރު ހަމަވުމުންނެވެ. އެ މަގާމުގެ ދައުރަކީ ތިން އަހަރެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަނަކަށް ބޭފުޅަކު އައްޔަން ކުރަނީ އެކަމަށް ހާއްސަ ސިލެކްޝަން ކޮމިޓީއަކުން ހޮވުމަށް ފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރާ ބޭފުޅުންގެ ނަންތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމުން އިނާޒް އިސްތިއުފާ ދެއްވީ ޕާޓީއަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުކޮށް އޭނައާ ދެކޮޅަށް 2011 ވަނަ އަހަރު އެމްޑީޕީ އެކްޓިވިސްޓުންތަކެއް ހަމަނުޖެހުން ހިންގާފައިވާތީ އެވެ.
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި
ވޯލްޑް ކަޕް ޓީމުތަކަށް ދޭ ފައިސާގެ އަދަދު ބޮޑުކޮށްފި
ފޮނި އެއްޗެހި ކާހިތްވުން ކުޑަކުރަން ކުރެވިދާނެ 8 ކަމެއް
