ފަސް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު މަގުބޫލު ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާ ޖާ" ބެލުންތެރިނާ ހަމައަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސީޒަން 10 އާއެކު އެނބުރި އަންނައިރު، މި ސީޒަނަށް ވާދަވެރިންގެ ގޮތުގައި ޓީވީގެ މަޝްހޫރު ބައެއް ފަންނާނުން ފެނިގެންދާނެ އެވެ. އެގޮތުން މިހާރު މިޝޯގައި ފެނިގެންދާ ބައެއް މޫނުތަކަށް ބަލާލަމާ ހިނގާށެވެ.
"ޖަލްކް ދިކްލާ ޖާ" ގެ ނުވަ ވަނަ ސީޒަން ދެއްކީ 2017 ވަނަ އަހަރު ކަލާސް ޓީވީއިންނެވެ.
މަނީޝް ޕޯލް ހޯސްޓްކޮށް ޖެކްލީން ފަރްނާންޑޭޒް، ކަރަން ޖޯހަރް، ގަނޭޝް ހެގްޑޭ، އަދި ފަރާ ޚާން ޖަޖުކޮށްދިން މި ޝޯ ކާމިޔާބުކުރީ ނޭޕާލްގެ މަޝްހޫރު ނެށުންތެރިއެއް ކަމަށްވާ ޓެރިޔާ ފުންޖާ މަގަރެވެ.
"ޖަލަކް ދިކްލާ ޖާ 10" ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
އިޒްރޭލުން އެއްބަސްވުމާއި ހިލާފުވެ ހަމަލާދޭތީ މަޝްވަރާ ހުއްޓިއްޖެ
ކަނޑުއޮޅި ހުޅުވާލައި، އެމެރިކާގެ ބްލޮކޭޑް ވަގުތުން އުވާލަނީ