އެއް ފަހަރާ ގިނަ އަދަދެއްގެ ހޮސްޕިޓަލްތަކެއް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އަތޮޅުތެރޭގައި ކުދި ހޮސްޕިޓަލްތަކެއް ތަރައްގީކުރުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުގެ ދަށުން 18 ރަށެއްގައި ހޮސްޕިޓަލް އަޅާނެ ކަމަށް މީގެ ކުރިން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވެ އެވެ.
އެގޮތުން އެ ހޮސްޕިޓާތަކުގައި 30 އެނދު އެކުލެވޭކަމަށް މައުލޫމާތުލިބެ އެވެ. އަދި ފިނޭންސް މިނިސްޓްރީން ވަނީ އެ ހޮސްޕިޓަލްތައް އަޅާ ރަށްތައް އިއުލާނުކޮށްފަ އެވެ.
އޭގެ އިތުރުން މި މަސައްކަތަަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 35،000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ބަހައްޓަން ޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި އިއުލާުނުގައި ވަނީ ހޮސްޕިޓަލުތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ށ. މިލަންދޫ، ހދ. ހަނިމާދޫ، އދ. މާމިގިލި، ނ. ވެލިދޫ، ކ. ތުލުސްދޫ، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ކަމަށެވެ. އަދި މި މަޝްރޫއުއަކީ ކުވެއިތު ފަންޑުން އެހީ ލިބިގެން ހިންގާ މަޝްރޫއެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ހަށިގަނޑުން ނުބައި ވަސް ދުވާނަމަ ޑޮކްޓަރަށް ދެއްކުން އަވަސްކުރޭ!
ވިއްކަން ހުންނަ ތަކެތި ކައްކަމުންދިޔައީ ފާހާނައިގައި!
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
