ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާ އާއި އެކްޓަރު ޒަހީރު އިގްބާލް ކައިވެނި ކުރާކަމަށް ފެތުރިފައިވާ ވާހަކަތަކަށް ސޮނާކްޝީ ރައްދުދީފި އެވެ.
އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓެއްގައި ސޮނާކްޝީ ވަނީ ސޯޝަލްމީޑިއާގައި ގިނަ ބަޔަކު ސޮނާކްޝީއާ އޭނާގެ ލޯބިވެރިޔާއާ ގުޅޭގޮތުން ދައްކާފައިވާ ކައިވެނީގެ ވާހަކަތަކަށް ޖޯކު ޖަހާފަ އެވެ. އަދި ސޮނާކްޝީގެ ކައިވެނި ކުރުމަށް އާންމުން އެހައި ބޮޑަށް ބޭނުން ވެގެން އުޅެނީ ކީއްވެތޯ އޭނާ ބުނެފައިވެ އެވެ.
އޭގެ މައްޗަށް އޭނާ ވީޑިއޯއެއް ކުޅެފައިވާއިރު، ޕޯސްޓުގެ ކެޕްޝަންގައި، މަޖާޒީ ގޮތަކަށް، އޭނާގެ ކައިވެނީގެ ރަސްމިއްޔާތުތައް މީޑިއާއިން ނިންމާފައިވާނަމަ އެކަން އޭނާއަށްވެސް އެނގުމަށް ބުނެފައިވެ އެވެ.
ސޮނާކްޝީ އާއި ޒަހީރު ރައްޓެހިވެގެން އުޅޭ ކަމަށް އެމީހުން ބުނެފައިވާއިރު ދެ މީހުންގެ ހަބަރުތައް ވަނީ ސޯޝަލްމީޑިއާ ގައި އާންމުވެފަ އެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅިފައިވާކަން ކަށަވަރު ކޮށްދީފައިވަނީ "ނޯޓްބުކް"އިން ބޮލީވުޑަށް ތައާރަފުވި ޒަހީރު އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓަކުންނެވެ.
ސޮނާކްޝީގެ އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ކޮށްފައިވާ ޕޯސްޓްގެ ކެޕްޝަނުގެ ތެރެއިން "އައި ލަވް ޔޫ" ޖަހާފައިވެ އެވެ.
އަސާސީ ހިދުމަތްތަކުގެ އަގު ހެޔޮކުރަން ހުށަހެޅުމުން ސަމާހު ދެކޮޅު!
ހަށިގަނޑުން ނަގާ އުންތަކާއި ގޮށްތަކަށް ސަމާލުވާންވީ ކޮން އިރަކު؟
ސެކިއުރިޓީސް ދަރަނި 100 ބިލިއަނުން މައްޗަށް އަރައިފި
