ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރު ރައީސް އޮފީހުގައިކަމަށެވެ. މަބްރޫކް ވިދާޅުވީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ޓީވީ ޗެނަލްތަކުން ވަގުތުން ދުރައްދައްކާނެކަމަށެވެ.
ނުވަ މަސް ފަހުން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރަން ނިންމަވާފައި މިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށްގޮސް، ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލެން ފަށާފައި ވަނިކޮށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓުމެންޓު ބޭންކުތަކުގެ ތެރޭގައި ހިމެނޭ ޖޭޕީ މޯގަންއިން ރާއްޖޭގެ ރިޒާވް ހުސްވެ ބޭރުގެ ދަރަނި އަދާނުކުރެވި ރާއްޖެ ބަނގުރޫޓުވެދާނެކަމުގެ އިންޒާރުވެސް ދީފައިވަނިކޮށެވެ. އެހެން ކަމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިދާއިރާތަކުން ރައީސް ސޯލިހަށް ގިނަ ސުވާލުތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.
ރައީސް އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ކޮންމެ މަހަކު އެއް ފަހަރު ނޫސްވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށް އިންތިހާބު ވުމުގެ ކުރިން ރައީސް ސޯލިހް ވިދާޅުވި ނަމަވެސް އެގޮތަށް އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ނުކުރައްވަ އެވެ.
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!
ެިވިކީ 12 ކިލޯ ބަރުވުމަށްފަހު 15 ކިލޯ ހިއްކާލައިފި
އޮފީސް ވަޒީފާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވާކަން އެނގޭތަ؟