ލޮނުޒިޔާރަތްމަގުގައި ހުންނަ ގ. ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކިވަރުގެ ގެއްލުންތައް ލިބިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ފުންފަޅު ގޭގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 10:49 ހާއިރު ކަމަށެވެ. މި ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާފަ އެވެ. ގިނައިރުތަކެއް ނުވެ ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ވަނީ ނިއްވާލާފަ އެވެ.
މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނުކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ. ނަމަވެސް ގޭގައި ހިފާގެންގުޅޭ ގިނަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ގޭގެ ހަތަރުވަނަ ފަންގިފިލާގެ ބެލްކަނީގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައި ހުއްޓެވެ. މީގެ އިތުރުން އާންމުވެފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި ފަސްވަނަ ފަންގިފިލާއަށްވެސް އަލިފާނުގެ އަސަރުކޮށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އަލިފާން ރޯވި ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފްގެ އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ސެކިޔުރިޓީ ކަނޑާލިޔަސް މުޒާހަރާކުރާނަން: ނަޝީދު
އޮފީސް ވަޒީފާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވާކަން އެނގޭތަ؟
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!
