އިންޑިއާގެ ފިލްމީ އިންޑަސްޓްރީގެ ގިނަ ފަންނާނުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ފާއިތުވި ދުވަސްތަކުގައި އިންޑިއާގެ ހަބަރުތަކުން ވަނީ މަޝްހޫރު ތަރިން ކަމުގައިވާ އަކްޝޭ ކުމާރު އާއި އަދިއްތިޔަ ރޯއި ކަޕޫރު އަދި ކާރްތިކް އާރްޔަން ކޮވިޑަށް ޕޮޒިޓިވްވި ވާހަކަތައް ދެކެވިފައިވެ އެވެ.
އެގޮތުން މިހާރު ކޮވިޑަށް ޕޮޒިޓިވްވި ތަރިންގެ ތެރޭގައި މަޝްހޫރު ކެޓްރީނާ ކެއިފް އާއި ޝަހުރުކް ޚާން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތުލިބިފައިވެ އެވެ.
އެ ފަންނާނުން ދަނީ، ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެކަން އާންމުންނާއި ހިއްސާކުރަމުންނެވެ. އަދި އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ބައެއް ނަމަ ސަމާލުވުމަށް ސޯޝަލްމީޑިއާގައި ތަރިން އެދިފައިވެ އެވެ.
ހަމަ އެހެންމެ އާންމުން ވެސް، ގިނަ އަދަދެއްގެ ތަރިން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ބަލިން ސަލާމަތްވެ ދުޅަހެޔޮ ސިއްހަތަކަށް އެދިފައިވެ އެވެ.
ބިޑަކާ ނުލައި މަނިޔަފުށި ނުއަގުގައި އާމިރު މަންސޫރަށް ދީފި
ބީއެމްއެލްއިން ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަނީ
10 ދުވަސް ތެރޭ ޑޮލަރުގެ އަގު 19ރ. އަށް ތިރިކުރަން ގޮވާލައްވައިފި
