މާވެލްގެ ސުޕަހީރޯ ފިލްމު، ބްލެކް ޕެންތާގެ ދެވަނަ ބައިގެ ޝޫޓިން 2021 ވަނަ އަހަރު ފެށުމަށް ނިންމައިފި އެވެ.
މި ފިލްމުގެ ޝޫޓިން ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ އެ ފިލްމުގެ މައި ތަރި ޗެޑްވިކް ބޯސްމެންގެ ކުއްލި މަރާއި އެކުގަ އެވެ. ކުރީގައި ޕްލޭން ހެދިފައި އޮތީ މިއަންނަ މަހުގެ މާޗް މަހުގައި ފިލްމުގެ ޕްރޮޑަކްޝަން ފެށުމަށެވެ.
މައުލޫމާތު އެނގޭ ފަރާތްތަކާ ހަވަލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މާވެލްއިން ދަނީ އެޓްލާންޓާގައި ހަ މަސްދުވަހުގެ މުއްދަތަށް ޝޫޓިން ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ.
ޗެޑްވިކްގެ ރޯލުން ފެނިގެންދާނީ ކޮން ތަރިއެއްކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެމްޑީޕީން އެންމެ ކަމުނުދާ ކަމަށް ބުނި ވަޒީރުންނަށް ވެސް ވޯޓުދިން
މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އިން ރާއްޖެއަށް ވެއްޓުމެއް
މުރަނގަ ގަހުން ފެނުގެ މައިކްރޯޕްލާސްޓިކް ސާފުކޮށްދޭ: ދިރާސާ
