ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނާއުތް ފޮތް ކިޔަވަން ފެށި ސަބަބު ހާމަކޮށްފި އެވެ.
ކަންގަނާ ބުނީ، އޭނާ ފޮތް ކިޔަން ފެށީ، ގްރެޖުއޭޝަން ވެސް ނިމުނު ފަހުން ކަމަށެވެ. އަދި ފޮތް ކިޔަން އޭގެ ކުރިން ޝައުގުވެރި ނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ކަންގަނާ ބުނީ، އޭނާ ހުންނަ ތަންތަނުގައި ރަހުމަތް ތެރިންނާއި ދަންނަ މީހުން އަބަދުވެސް އެ މީހުންނަށް އެނގޭ އިލްމެއްގެ ވާހަކަ ދައްކާ ކަމަށެވެ. އަދި އިނގިރޭސި ލިޓްރޭޗާއާ އެހެނިހެން ކަންކަމާއި މަޝްވަރާ ކުރުމުގެ ސަބަބުން އެ މީހުންގެ ތެރެއިންވާ މީހުންގެ އިހުސާސް ނުކުރެވޭ ކަމަށް ކަންގަނާ ބުންޏެވެ.
އޭގެ ނަތީޖާއަކަށްވީ އޭނާވެސް އިލްމު އުނގެނެން ބޭނުންވުންކަމަށާއި، އެއީ ފޮތް ކިޔަން ފެށުމުގެ އަސްލު ސަބަބު ކަމަށް އޭނާ ބުނެފައިވެ އެވެ.
ކަންގަނާ އޭނާގެ އަމިއްލަ ނަފްސު މިހާރު ސިފަކުރަނީ ފޮތް ކިޔުމަށް އިންތިހާއަށް ލޯބިކުރާ މީހެއްގެ ގޮތުގަ އެވެ.
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
ހަސީނާގެ ތަގުރީރުގައި އިންޑިއާގެ ބައިވެރިވުމެއް ނެތްކަމަށް ބުނެފި
