ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މިދިޔަ މަހު ކުއްލި ގޮތަކަށް އިސްތިއުފާދެއްވި އަލީ ސަމީރު، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ، ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.
ފަނޑިޔާރު އަލީ ސަމީރު ހައިކޯޓުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މަހުގެ 17 ދުވަހު އެވެ.
ސަމީރު ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަމުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާ އަދި އޭގެ ކުރިން ސިވިލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރައްވާފަ އެވެ.
ޑެޕިއުޓީ ޕީޖީގެ މަގާމަށް ސަމީރު އައްޔަން ކުރެއްވީ މިއަދު އެވެ. އެ މަގާމަށް ބޭފުޅުން އައްޔަނުކުރައްވާ އަދި ވަކި ކުރައްވާނީ ޕްރޮސެކިއުޓާ ޖެނެރަލެވެ.
އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
އެއްބަސްވުން އިޒްރޭލާ ހިއްސާނުކުރަން އެމެރިކާއިން ނިންމައިފި
ބޯހިޔާވަހިކަމަށް އެދި 58،505 އެޕްލިކޭޝަން ހުށަހެޅި
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
