ރާއްޖޭގެ ހުރިހާ ރަށަކަށް އޭނާ ކުރެއްވި ދަތުރުފުޅުން އެނގިވަޑައިގަތީ ޕާޓީ ނުހިނގާކަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން މިރޭ ބޭއްވި ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ބަހުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ޕާޓީ ނުހިނގާކަން ދަތުރުތަކުން ސާފުވި ކަމަށެވެ.
ފައްޔާޒްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ ވިދާޅުވީ އެމްޑީޕީ އަކީ އަބަދު ވެސް ހިނގާ ޕާޓީއެއް ކަމަށެވެ.
އެކަމުގެ ހެއްކަކީ މިއަދު އެމްޑީޕީގެ ސަރުކާރެއް އޮތުމާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ އެ ޕާޓީއަށް އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒްގެ ބޭބޭ އިބްރާހީމް އިސްމާއީލް (އިބުރާ)ގެ މަންދު ކޮލެޖަށް ސަރުކާރުން ބަދަލުދިން ދިނުމަށް ވެސް އިންތި ފާޑު ވިދާޅުވި އެވެ.
ޕާޓީ ހިންގާލުމަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަޒީރާ ގުޅުންހުންނަ ބޮޑެތި ކުންފުނިތަކާއި އާއިލާއަށް ބަދަލު ލިބޭނެ ގޮތް ހެއްދެވުންތޯ އިންތި ސުވާލު އުފެއްދެވި އެވެ.އިންތިގެ އެ ތުހުމަތާ ގުޅިގެން ފައްޔާޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް މެެދުވެރިކޮށް އެ މައްސަލަތައް ބަލައި އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް ގޮވާލައްވައިފަ އެވެ.
ޕާޓީ ނުހިގާ ޕާޓީއަށް ވެރިކަން ލިބުނީ