ރައްޓެހިންނަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ޚަޒާނާ ބަހާލީ އެމްޑީޕީން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޕީޕީއެމުން ވާދަކުރައްވާ ފާތިމަތު ނާޒިމާގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަކީ އެހެން މީހުންނާ ދިމާލަށް ވަގަށް ގޮވައިގެން ވެރިކަމަށް އައި ބައެއް ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ސަރުކާރުން ކުރަނީ ވައްކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން ދައުލަތުގެ ޚަޒާނާއަށް ޚިޔާނާތްތެރިވީ މިންވަރަށް ޚިޔާނާތްތެރިވީ ބަޔަކު ނެތް ކަމަށެވެ.
"ކޮންމެ ފަހަރަކު އެމްޑީޕީ ވެރިކަމަށް އަންނައިރު ލައްކަ ވާހަކަ ދައްކާނެ. އެނޫން އެންމެނަކީ ވަގުންކަމަށް ބުނާނެ. މިއަދު އެ ތިބީ ބޮޑެތި ވަގުން އެ ޕާޓީގައި. އެންމެ ބޮޑެތި ވަގުން އެތިބީ އެ ޕާޓީގައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
ވެރިކަމަށް އައުމުގެ ކުރިން އެމްޑީޕީން ދައްކާ ވާހަކަ އާއި ވެރިކަމަށް އައުމަށްފަހު ދައްކާ ވާހަކަ ދިމާނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މަގުމަތީ ހަރަކާތްތައް ހިންގުމުގެ މިނިވަންކަމަށް އެ ޕާޓީން އަބަދުވެސް ވަކާލާތު ކުރަމުން އަޔަސް މިއަދު އެ މިނިވަންކަން ވެސް ނެތްކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.
އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކީ ގާނޫނާ ޚިލާފު ގަރާރެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ގަރާރު ތަންފީޒު ކުރެވިގެން ނުވާނެ ކަމަށެވެ. އަދި މި ސަރުކާރު އޮތީ އިންޑިއާއަށް އަޅުވެތިވެފައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ޝޭމްޕޫ އަދި ކޮންޑިޝަނާގެ މަސައްކަތް މުޅިން ތަފާތު!
ހެނދުނުގެ ނާސްތާ ދޫކޮށްލާނަމަ "ގޯލްބްލެޑާ"އަށް އަސަރުކުރޭ!
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!
