ހުޅުމާލޭގައި ހިނގި މާރާމާރީތަކާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ފަސް މީހުން މިރޭ ހައްޔަރުކުރީ ހުޅުމާލޭ ފޭސް ދޭކުން ކަމަށެވެ. އެނގިފައިވާގޮތުގައި އެ މީހުން ހައްޔަރުކުރީ ހިޔާ ފްލެޓުންނެވެ.
ހުޅުމާލޭގައި މިރޭ ޖުމްލަ ދެ މަރާމާރީ ވަނީ ހިނގާފަ އެވެ. ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ ހުޅުމާލޭ ފޭސް އެކެއްގެ ރެސްޓޯރަންޓެއް ކައިރިންނެވެ. ފުލުހުން ބުނީ އެ މާރާމާރީގެ މައުލޫމާތު ލިބުނީ މިރޭ 21:17 ހާއިރު ކަމަށެވެ.
ދެވަނަ މާރާމާރީ ހިންގާފައި ވަނީ ފޭސް ދޭއްގެ ބްރިޖް ކައިރިންނެވެ. މިރޭ 21:32 ހާއިރު ހިނގި އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ ދެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ހެނދުނުގެ ނާސްތާ ދޫކޮށްލާނަމަ "ގޯލްބްލެޑާ"އަށް އަސަރުކުރޭ!
ހަތަރު ކާރުގައި ސައިކަލުން ޖެހުމުން ފިލި މީހަކު ހޯދަނީ
ގާނާ ބަލިކޮށް ކޮލަމްބިއާ ގަދަ 16ގެ ބުރަށް
