އީދު ދުވަހު މާލޭގައި ހިނގި ދެ މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އީދު ދުވަހު އެންމެ ފުރަތަމަ މާރާމާރީ ހިންގާފައިވަނީ އެރޭގެ ފަތިހުގެ ވަގުތެއްގައި މާވެޔޮ މިސްކިތް ކާރިން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މާރާމާރީގައި ދެ މީހަކު ޒަހަމްވެފައިވެ އެވެ.
އޭގެ އިތުރުން އެދުވަހުގެ ހެދުނު ދެވަނަ މާރާމާތީ ހިންގާފައިވަނީ ހެނދުނުގެ ވަގުތެއްގައި ޖަނަވަރީ މަގާއި މަޖީދީ މަގު ދިމާވާ ސަރަހައްދުގަ އެވެ. އެ މާރާމާރީގައި ވެސް ދެ މީހެކު ޒަހަމްވެފައިވެ އެވެ.
ޒަހަމްވި މީހުންގެ ތެރެއިން އެކަކުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ފުލުހުންނާއި އާންމުން އެކީގައި އޭނާ ނަގައިގެން ޕިކަޕަކަށް ލައިގެން ގެންދާ މަންޒަރު ފެނެ އެވެ.
މި ދެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްުޔަރު ނުކުރި ނަމަވެސް، ބަލަން ޖެހޭ ކަންކަން ބަލައި އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.