މާދަމާއަކީ މިއަހަރުގެ ފިތުރު އީދެވެ. ރޯދަމަހުގެ އަޅުކަމަށްފަހު މުސްލިމުން އުފާ ފާޅުކުރުމަށް ލިބޭ ފުރުސަތެކެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުން މި އީދު ދުވަހު ކުރާނެ ކަމެއް މިހާރު އޮންނާނީ ރާވާ ނިންމާފަ އެވެ. ނަމަވެސް އަދި އެކަމުގައި ކުރިއެރުމެއް ނުލިބޭ މީހުންނަށް ކުޑަ އެހީއެއް މި ލިޔުމުގައި ހިމަނާލާނަމެވެ.

މާފުށި - ކުލަގަދަ އީދެއް

ކ. މާފުށީގައި މިފަހަރު އޮތީ ކުލަގަދަ އީދެކެވެ. ހަވާ އެރުުވުމާއި ސަގާފީ އެކި އެކި ހަރަކާތްތަކާއެކު އީދުގެ މުނާސަބާ ފަޅުފިލުވައިދޭނެ އެވެ. އީދާ ދިމާކޮށް މާފުށީގެ ގިނަ ގެސްޓް ހައުސް ތަކަކުން ވަނީ ދިވެހިންނަށް ހާއްސަކޮށްގެން ޕެކޭޖުތަކެއް ވެސް ނެރެފަ އެވެ.

ހުޅުމާލެ ވޯޓާ ސްޕޯޓްސް

މި ޗުއްޓީގައި މާލެއިން ބޭރަށް ނުދެވޭ ފަރާތްތަކަށް މިއީ ރަނގަޅު ކަމެކެވެ. ހުޅުމާލޭ ބީޗު ސަރަހައްދުގައި ވޯޓާ ސްޕޯޓްސްގެ ހިދުމަތްދޭ ގިނަ ތަންތަން ހުރިއިރު ބައެއް ޓްރެވަލް އެޖެންޓުން ވެސް ދަނީ މިފަދަ ޕެކޭޖުތައް އާއްމުންނަށް ފޯރުކޮށްދެމުންނެވެ.

އީދު ބުފެޓް

އީދަށް ހާއްސަކޮށްގެން މާލޭގެ ގިނަ ރެސްޓޯރެންޓު ތަކަކުން ވަނީ އީދު ބުފެޓްތައް އިއުލާން ކޮށްފަ އެވެ. އާއިލާ ނުވަތަ ރައްޓެހިންނާއެކު މިފަަދަ ބުފެޓަކަށް އިންސާފު ކޮށްލުމަކީ ވެސް މިއީދުގައި ކޮށްލެވިދާނެ ކަމެކެވެ.