ރާއްޖޭގައި ތިބި ބޭރު ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ބެނާތައް ހުއްޓުމެއް ނެތި އިދިކޮޅު ކޯލިޝަނުން އަނެއްކާ ވެސް ހަރުކުރަން ފަށައިފި އެވެ.
އިދިކޮޅުން ބެނާތައް އަނެއްކާވެސް ހަރުކުރަން ފަށާފައިވަނީ މާލޭގެ އެކި ގެތަކުގައި ސްޕެލިން ބަދަލުކުރުމަށްފަހު ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުން އެކި ފަހަރުމަތިން ނަގާފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ބުނީ، އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލާ ދަމާ ބެނާތައް ދާނީ އިތުރުވަމުން ކަމަށެވެ. އަދި ގާނޫނާއި ހިލާފަށް ގަރާރު ނެރެގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވޭނެ ކަމަށް އިދިކޮޅުން ބުނެފައިވެ އެވެ.
އިދިކޮޅުން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއް ނެރުއްވާފައިވާއިރު، އިދިކޮޅުން ވަނީ ބިރުދެއްކުމަށް ސަރުކާރުން ނެރޭ އެފަދަ ގަރާރަކުން އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށް ބުނެފަ އެވެ.
އިންޑިއާ އައުޓް ހަރަކާތަށް ސަރުކާރުން ހުރަސް އަޅަމުން ދިޔަނަމަވެސް، އެ ހަރަކާތް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ވަމުންނެވެ.

އެންމެ އާބާދީ ބޮޑު ޗައިނާގައި ރަމަޟާން މަހުގެ ތަޖުރިބާ!
ރަމަޟާން މަހަކީ ތަފާތު އިހުސާސެއް ކުރެވޭ މަހެއް: ސުމްބުލް
ދިރާގުޕޭގެ އީދު ހަދިޔާ: 1 ރުފިޔާއަށް އައިސްކްރީމް!

މާލޭ ސިޓީގެ ޒިންމާއެއް މި ގޮތަށް ދަމާ ބެނާތައް ދެމުން ހުއްޓުވުމަކީ. މުއިއްޒު ޒިންމާ އަދާ ނުކުރާނަމަ ހެދޭނެގޮތް އެލްޖީއޭއަށް އެގެންވާނެ.