އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް ހިޔާލުފާޅުރުން ހުއްޓުވަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުނު ގަރާރަށް ފާޑުކިޔުމުން ދީނީ އިލްމުވެރިޔަކު ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ 30 ދުވަހަށް ސަސްޕެންޑުކުރީ އަރަބިއްޔާ ސްކޫލްގެ ޓީޗަރެއް ކަމަށްވާ އައްޝައިޚް ޒަމްޒަމް ފާރިޝެެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ސޮއިކުރައްވައި ޒަމްޒަމް ފާރިޝްއަށް ފޮނުވި ލިޔުމުގައި ވަނީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމާފައިވާ ނިންމުމަކަށް ސީދާކޮށް ފާޑުކިޔައި އެ ނިންމުމަށް އޭނާ ގޮންޖައްސަވާފައިވާ ކަމަށެވެ.
އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތަށް ހިތްވަރު ލިބޭގޮތަށް އޭނާގެ ޓްވިޓާ އެކައުންޓުން ޓްވީޓެއް ކޮށްފައިވާ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.
އެކަމަކީ ސިވިލް ސާވިސް ގަވާއިދުގައި ބަޔާންކުރާ ސިވިލް ސާވިސް މުވައްޒަފެއްގެ ދައުރާއި ޒިންމާތަކާއި އަދި އުޅުމާއި ސުލޫކު ބަހައްޓަންޖެހޭ ގޮތާއި ކޯޑް އޮފް ކޮންޑަކްޓާ ތައާރަޒުވާ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.
ޔާމިނު ވެރިކަމުގަ ކީއްވެތޯ މިކަހަލަ ދީނީއިލްމުވެރިން ގައުމުގަހިނގާ ސިޔާސީ ކަންކަމުގަ ގޮތްކިޔަންނުކެރި ފިލާތިބީ.. ކަންވެގެންދިޔަގޮތް ވަރައްސާފު.. ކިތައްމެ ޑިމާންޑެއްކޮއް ޔާމިނުދިނޭ މިސަރުކާރުންވެސް ދޭށޭ އޭރުން ސިޔާސީ ކަންކަމާނުބެހި ތިބިދާނަމޭކިޔަސް މިސަރުކާރަކުންނޫޅެ ދީން ވިއްކާސޭކުން ގަންނާކައް.. އަޅެ އިހްލާސްތެރިކަމެއް ހުރީއްޔާ ގައުމުގަހިނގާ ދީނީ ކަންކަމައް ގޮތްކިޔާ ފާޑު ކިޔާނަމަ ރައްޔިތުން ބަލައިގަންނާނެ….
ބޭނުން ގޮތަކައް އުޅެލާ ދުވަހެއް އެބައޮތް ޖަވާބުދާރީ ވާން ތައްޔާރުވޭ؛