ފުވައްމުލަކު ހޮސްޕިޓަލަށް ފިޒިއޮތެރަޕިސްޓަކު ނުގެނެވިގެން އުޅެނީ ޝަރުތު ހަމަވާ މީހަކު ނުލިބިގެން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ފިޒިއޯތެރަޕިސްޓަކު ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް ޝަރުތު ހަމަވާ ފަރާތެއް ނުލިބޭ ކަމަށެވެ. އަދި މީހަކު ހޯދަން މިމަހު ފަހުކޮޅު އަނެއްކާވެސް އިއުލާން ކުރާނެ ކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓަރު ނެތްތާ ތިން މަސް ވެގެން ދިޔަ އިރު އަދިވެސް އާ ޑޮކްޓަރެއް ގެނެވޭނެ ދުވަހެއް ނޭނގޭތީ އާންމުންގެ ޝަކުވާތައްވަނީ އިތުރު ވެފަ އެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ލިރާރު ވިދާޅުވެފައިވަނީ ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓަރު ނެތުމުން ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަމަށް މާލެއަށް ނުވަތަ އައްޑޫ ސިޓީއަށް ފުރައިގެން ދާންޖެހުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ.
އައްޑޫ ސިޓީގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުންވެސް އެކަށީގެންވާ ކިދުމަތް ނުލިބޭތީ ރައްޔިތުން ފުރަފުރައިގެން މާލެ ދާންޖެހުމަކީ ދަތިކަމެއްކަމަށްވެސް ފުވައްމުލަކުގެ ރައްޔިތުން ދަނީ ބުނަމުންނެވެ. ފުވައްމުލަކު ހޮސްޕިޓަލްގައި ފިޒިއޮތެރަޕިސްޓެއް ނެތްތާ މިހާރު 3 މަހަށްވުރެ ގިނަ ވެއްޖެ އެވެ.
މިހާރު ހިންގާ މީޑިއާތައް 6 މަސްތެރޭ ރަޖިސްޓްރީކުރުން ލާޒިމްކޮށްފި
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް