ލާވާ ކޭކްއަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ކެއުމެކެވެ. މިއަދު މި ގެނެސްދޭ ރެސިޕީއަކީ މިފަދަ ފަރާތްތަކަށް މި ރޯދަ މަހު ތައްޔާރު ކޮށްލަން ރަނގަޅު ކެއުމެކެވެ.
ބޭނުންވާ ތަކެތި
- 1/4 ޖޯޑު ހަކުރު
- 2 ބިސް
- 2 ބިސް (ގޮބޮޅި ވަކިކޮށްފައި)
- 2 ސަމްސާ ފުށް
- 113 ގުރާމް ބަޓަރު
- 170 ގުރާމް ޗޮކްލެޓް (ޑާރކް)
- 1/4 ސައި ސަމުސާ ލޮނު
- މަފިން ކަޕްސްތަ
ތައްޔާރު ކުރާނެ ގޮތް
- އެންމެ ފުރަތަމަ ބަޓަރު އަދި ޗޮކްލެޓްކޮޅު ތައްޓެއްތެރޭގައި ދިޔާކޮށްލާށެވެ. ދިޔާކޮށްލާނީ ކެކެމުންދާ ފެންތެއްޔެއްގެ މަތީގައެވެ.
- އެއަށްފަހު 2 ބިސް އަދި އިތުރަށް ނެގި 2 ބިހުގެ ގޮބޮޅި ވަކިން ތައްޓެއްގައި އެއްކުރާށެވެ.. ބިސްކޮޅު ހުދުވުމުން ހަކުރާއި ލޮނުކޮޅު އަޅާފައި ގަށާލާށެވެ.
- މި މިކްސްޗަރު އެއްކުރާނީ ކުލަ އަލި، ފުށްގަނޑަކަށް ވަންދެނެވެ. އެއަށްފަހު ދިޔާކުރި ޗޮކްލެޓާއި ބަޓަރު އެއްކޮށްފައި ފުށްކޮޅު އަޅާފައި ގިރާލާށެވެ.
- ގިރާނި މުމުން މަފިން ކަޕްތަކުގެ މެދާހަމަޔަށް ފިލްކޮށްލާފައި މަފިން ޓްރޭއެއްގައި އަތުރާލާ، 12 މިނެޓް ވަންދެން 180 ޑިގްރީސް ސެލްސިއަސްގައި ފިހެލާށެވެ. މިކޭކް ފިހެވި ނިމޭއިރު ހުންނަންވާނީ ބޭރުފުށް ފިހެވި، އެތެރެ ދިޔާކޮށެވެ.
- ފިހެވުމުން ކޭކު ހިހޫވަންދެން ބަހައްޓާލައި، ކެއުމުގެ ކުރިން މައްޗަށް ކޮކޯ ނުވަތަ އައިސިންގ ހަކުރުކޮޅެއް ބުރުވާލާށެވެ.