ހޮޓާތަކުންނާއި ރެސްޓޯރެންޓުތަކުން ކާއެއްޗެހި އޯޑަރުކުރަން އަބީޝޭކް ބައްޗަންއަށް އެހީތެރިވެދެނީ އޭނާގެ އަންހެނުން، އައިޝްވަރްޔާ ރާއީ ކަމަށް އަބީޝޭކް ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަބީޝޭކް ވަނީ އޭނާއަކީ ބައެއް ކަންކަމުގައި އިސްނަގަން ލަދުގަންނަ މީހެއް ކަމަށް ބުނެފަ އެވެ.
އެގޮތުން ފިލްލު ކުޅޭއިރު ބޭރު ބައެއް ހިސާބުތަކުގައި ޝޫޓް ކުރާނަމަ، އަބީޝޭކްގެ އަންހެނުން އައިޝްވަރްޔާއަށް އޭނާ ނުކައި ހުންނާނެކަން އެނގޭނެ ކަމަށާއި، ކާއެއްޗެތި އޯޑަރުކުރަނީ މުޅިންހެން އައިޝްވަރްޔާކަމަށް އަބީޝޭކް ވަނީ ބުނެފަ އެވެ.
އަބީޝޭކް އިތުރަށް ބުނީ، އޭނާއަށް ނުދަންނަ މީހުންނާ ވާހަކަ ދައްކަން ވަރަށް އުނދަގޫ ކަމަށެވެ. ހަމައެހެންމެ އުނދަގޫ ކަންކަމުން އަރައިގަންނަން އަބީޝޭކްގެ އަންހެނުން އޭނާއަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އަބީޝޭކްގެ މަސައްކަތަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިފައިނވަނީ ޔާމީ ގޯތަމް އާއި ނިމްރަތް ކޯރްއާ އެކު ފިލްމު "ދަސްވީ" އިންނެވެ.
މޯލްޑިވިއަނުން ޓްވިން އޮޓާގެ ދެ ބޯޓު ގަންނަނީ
އަމީތާބުގެ ކެއުމާއި ނިދުމަށް ވެސް ބުރޫ އަރާފައިވާ ކަމަށް ބުނެފި
އަލުން މަސްތުގެ ވަބާއަށް ހުށައެޅުނު ކަމަށް ބްރެޑް ބުނެފި
