ބާޒާރުގައި ލުނބޯގެ އަގު ބޮޑުވެ ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި ވަނިކޮށް އެސްޓީއޯއިން ލުނބޯގެ އަގު ހެޔޮކޮށްދީފި އެވެ.
އެސްޓީއޯ އިން މިރޭ ބުނީ ޕީޕަލްސް ޗޮއިސް އިން ލުނބޯ ކިލޯއެއް 45 ރުފިޔާއަށް މިހާރު ލިބޭނެ ކަމަށެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލުނބޯ ވިއްކުމަށް ހަމަޖެހިފައި ވަނީ ކޮންމެ މީހަކަށް އެއް ކިލޯގެ މަގުންނެވެ. އަދި އެސްޓީއޯ އެގްރިސެންޓަރުން ވިއްކާނީ މީހަކަށް ތިން ކިލޯގެ ރޭޓުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން ލުނބޯ އެތެރެކޮށް ވިއްކަން ނިންމީ މިވަގުތު ބާޒާރުގައި ލުނބޯގެ އަގު މައްޗަށް ދިއުމާ ގުޅިގެން އާއްމު ރައްޔިތުންނަށް އަގުހެޔޮކޮށް ލުނބޯ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ބާޒާރުމަތީ ފިހާރަތަކުން ވިއްކާ ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 100 ރުފިޔާ އާއި 120 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

އަރަބި ގައުމުތަކަށް ދޭ ހަމަލާތަކުގެ ފަހަތުގައި ވަނީ އިޒްރޭލް
މޮސާޑް އިސްވެރިޔާގެ ސިއްރު ލިޔެކިޔުންތައް ހެކްކޮށް ލީކުކޮށްލައިފި
އީރާނުން ތެލް އަވީވް ހުސްކުރަން 24 ގަޑިއިރުގެ މުހުލަތެއް ދީފި

ދެން އިރާދަކުރެއްވިއްޔާ ނުކެރޭނެ 120 ރުފިޔާއަށް ލުނބޯކިލޯއެއް ވިއްކާކަށް.