ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު ސަސްޕެންޑުކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނީ އޭނާ ސަސްޕެންޑުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ ޑިޕާޓްމަންޓުން ތަހްގީގު ކުރަމުންދަނީ ސުޕްރިމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ޑރ. ފާއިޒު އެކޯޓުގެ ސީސީޓީވީ ކެމެރާ ސިސްޓަމް ބޭނުން ކޮށްގެން ފަނޑިޔާރުންނަށް ފާރަލާކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
އޭނާ ސަސްޕެންޑުކުރުމުން ވަގުތީ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވަނީ އެކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއާ އެވެ.
ޑރ. ފާއިޒު އެ މަގާމަށް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

44 އަހަރުގެ ޖަލު ހުކުމް އަންނަ ދައުވާތަކެއް ސަނީ އުމަރަށް ކޮށްފި
ޖިއްދާގައި ރަމަޟާން މަހުގެ ތަޖުރިބާ ވަރަށް ތަފާތު!
ރޯދަ މަލާފަތް: އަނގަައަށް މީރު ކަނަމަދު ކޭކު!

ދޮގު ވާހަކަ ފެތުރުމުގައި މިވަރެއްނެތް
މީ ސުޕުރިން ކޯޓްގެ ހަލަތު ދެން އެހެން ތަންތަނުގެ ހާލު ކިހާވަރެއްވާނެތޯ