އައްޑޫގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޓެރަރިޒަމް އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި މިއަދު އައްޑޫން ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރު ކޮށްފައިވަނީ ނުވަ މީހުންނެވެ.
ޓެރަރިޒަމް އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި މިއަދު ބަޔަކު ހައްޔަރުކޮށްފައިވާއިރު މިވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން ހުންނެވީ އައްޑޫގަ އެވެ.
މިމައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައިނުވެ އެވެ. އަދި އެއީ ރައީސް ސޯލިހުގެ ދަތުރުފުޅާ ދިމާކޮށް ހިންގަން އުޅުނު އަމަލެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައިނުވެ އެވެ.
ފުލުހުންބުނީ އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.
މިދިޔަ މޭ 6ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގައި ވެސް އައްޑޫން ނުވަ މީހަކު ހައްޔަރުކުރި އެވެ.
ދިރާގުޕޭއިން މި ފަހަރު ބާބާ ގާޑިޔާއިން 1 ރުފިޔާއަށް ޝަވަރުމާއެއް!
އުމުރު ތަފާތު ބޮޑު ދެ ލޯބިވެރިންގެ ޒުވާބު ހޫނުވެ، މާރާމާރީއެއް
ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ތައާރަފްކޮށްފި