ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފި އެވެ.
ޖޭއެސްސީ އިން ބުނިގޮތުގައި ގާޒީ ހަސަން ފަހީމްގެ ސުލޫކީ މައްސަލައެއް ބަލަން އެ ކޮމިޝަނުން ނިންމާފައިވަނީ، ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ދޭންޖެހޭ ސަމާލުކަން ނުދީ، ފަރުވާކުޑަ ކުރުމާ ގުޅިގެންނެވެ.
އެގޮތުން މިމައްސަލަ އިތުރަށް ތަގުގީގުކޮށް ބެލުމަށް ޖޭއެސްސީން މިހާރު ވަނީ ކޮމެޓީއެއް ވެސް އެކުލަވާލައިފަ އެވެ.
މީގެ ކުރިން ވެސް ގާޒީ ހަސަން ފަހީމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ވަނީ ތަހުގީގުކޮށް ބަލާފަ އެވެ.
ޖޭއެސްސީން އޭރު ބުނީ ގާޒީ ފަހީމްގެ ސުލޫކީ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމަވެފައެއް ނުވެ އެވެ.
ސިވިލް ކޯޓުގެ ގާޒީ ކަމަށް ފަހީމް އައްޔަން ކޮށްފައި ވަނީ 2015 ވަަނަ އަހަރުގެ ކުރީކޮޅު އެވެ.
ސްވިޑްން އާ އެއްވަރުކޮށް ޖަޕާން ދެވަނަ ބުރަށް
ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ދެ މަސް ބޯޓެއް
ބޮލީވުޑްއާއި ހޮލީވުޑްގެ ތަޖުރިބާ އަޅާ ނުކިޔޭނެ: ޕްރިޔަންކާ
