ބޮލީވުޑްގެ މަޝްހޫރު ކޮމެޑިއަން ބާރްތީ ސިން އެންމެ ފަހުން އާންމުކުރި އޭނާގެ ބަނޑުބޮޑު ފޮޓޯތައް ފޭނުންނަށް ވަރަށް މަގުބޫލްވެއްޖެ އެވެ.
އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ބާރްތީ، އޭނާގެ ބަނޑުބޮޑު ފޮޓޯތައް ނަގައި ހިއްސާކުރީ، އޭނާގެ އިންސްޓަގްރާމުންނެވެ. އަދި ޕޮޓޯގެ ކެޕްޝަންގައި "ދަރިފުޅުގެ މަންމަ" ކަމަށް ޖަހާފައިވެ އެވެ.
ބާރްތީ އިންސްޓަގްރާމުގައި އާންމުކޮށްފައިވާ ފޮޓޯ އަލްބަމްގައި ލައިގެން ހުރީ ރީތި ދަނބުކުލައިގެ ދިގު ހެދުމެކެވެ. އެ ފޮޓޯތަކުގައި އޭނާ ހިނިތުންވެލައިގެން ހުންނަ މަންޒަރު ފެނިގެންދެ އެވެ.
އެ ފޮޓޯތަކަށް އާންމުންގެ ގިނަ ބައެއްގެ ތައުރީފު ލިބިފައިވާއިރު، އެންމެން ވެސް ކޮމެންޓުކޮށްފައި ވަނީ ހިތްތަކާއި، ވަރަށް ލޯބި ކަމަށް ބުނެފަ އެވެ.
މީހުން ހެއްވާލާ ބާރްތީ އާއި ހަރްޝްއަކީ އިންޑިއާގައި މީހުންގެ މަގުބޫލުކަން ލިބިފައިވާ ދެ މީހުންނެވެ. މިދެ މީހުންނަށް ލިބުނު އުފާވެރިކަމާއެކު އެ މީހުންގެ ފޭނުން ވަނީ އެދެ މީހުންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
