މޯލްޑިވިއަންގެ ސޭލްސް އޮފީހެއް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުޅުވައިފި އެވެ.
ޑާކާގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަންގެ އޮފީސް ހުޅުވައިދެއްވާފައި ވަނީ، ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިރުޒިމަތު ސަމީރު އެވެ.
ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ އިތުރުން އެ ރަސްމިއްޔާތުގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މޯލްޑިވިއަންގެ އޮފީހެއް ބަންގްލަދޭޝްގައި ހުޅުވާފައިވާއިރު، މޯލްޑިވިއަނުން އެގައުމަށް ކޮންމެ ހަފްތާއަކު ވެސް ދަތުރުތައް ކުރެ އެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަ އާއި އަންގާރަ އަދި ހުކުރު ދުވަހު ރާއްޖެއިން އެގައުމަށް ދަތުރުތައް ކުރެވެ އެވެ.
މޯލްޑިވިއަނުން ބަންގްލަދޭޝަށް އެއްކޮޅަށް ދަތުރުކުރުމަށް ޓިކެޓް ވިއްކަނީ 225 ޑޮލަރަށެވެ. އަދި ދެކޮޅަށް ކުރާ ޓިކެޓެއްގެ އަގަކީ 406 ޑޮލަރެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާއިރު، އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތުންނެވެ. އެއާއި އެކު ބަންގްލަދޭޝަކީ ރާއްޖޭގެ އިގްތިޞާދަށް މުހިންމު ގައުމެކެވެ.
އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި
މިއީ 1999 ގެ ފަހުން ޔޫރަޕަށް ފެނުނު އެންމެ ފުރިހަމަ އިރުކޭތަ
އަންހެނުން ދެކެ ވާ ލޯބިން "ތާޖް މަހަލް"އެއް ބިނާ ކޮށްދީފި
