ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހެދުމުގެ މަސައްކަތްކުރާ ދެ ކުންފުންޏެއްގެ 52 ބިދޭސީން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ކޭސް އާއި ގުޅިގެން އެއް ކުންފުންޏެއްގެ 425 މުވައްޒަފުން އަދި އަނެއް ކުންފުނީގެ 225 މުވައްޒަފުން ކަރަންޓީންކޮށްފައިވާ ކަމަށެވެ.
ޑރ ނަޒްލާ ވިދާޅުވީ، މި ކޭސް އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެއާޕޯޓުގެ އާ ޓާމިނަލް ހެދުމުގެ މަސައްކަތްކުރާ ޗައިނާގެ ޗައިނާ ސެކަންޑް ހާބާ އިންޖިނިއަރިންގެ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެ މީހުން ޕޮޒިޓިވްވީ ކީއްވެގެން ކަމެއް އެޗްޕީއޭ އިން ނުބުނެ އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާތީ މާލޭގެ މަގުތައް ބަންދުކުރަނީ
ސައުދީއަށް ހަނދު ނުފެނުނު
300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް، 60 ހާސް ބުކިން ކެންސަލް
