ބޮލީވުޑްގެ މަޝްހޫރު ފިމްލީ ފަންނާނު ރިތިކް ރޯޝަން އާއި ސަބާ އާޒާދް އެކީގައި ގޯއާއަށް ހިނގައްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން މިހާރު ވަނީ ރިތިކާއި ސަބާ ލޯބީގެ ގޮތުން ގުޅިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ރިތިކާއި ސަބާ ވަނީ ދެ ފަންނާނުން ވެސް މަސައްކަތުން ބްރޭކެއް ނަގައި އެކީގައި ވަގުތު ހޭދަކުރުމަށް އިންޑިއާގެ ވަކި ހިސާބަކަށް ދަތުރުކޮށްފަ އެވެ.
އާންމުންނަށް އެންމެ ފުރަތަމަ ރިތިކް ސަބާއާއެކު ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދެ މީހުން އެކީގައި ކެއުމަށް ރެސްޓޯރެންޓަކަށް ދިއުމަށްފަހު ނިކުމެގެން ދިޔަ މަންޒަރު ފެނިގެންނެވެ. އޭރު ރިތިކް ހުރީ ސަބާގެ އަތުގައި ހިފައިގެނެވެ.
ރިތިކާއި ސަބާ ވަނީ މާކުރިންސުރެ ވެސް ލޯބީގެ ގޮތުން ގުޅިފަ އެވެ. އަދި އެދެ މީހުން، އާންމުންނާ އެކަން ހިއްސާނުކޮށް ގިނަ ދުވަހަކު ހުރި ކަމަށްވެ އެވެ.
ރިތިކް އޭނާގެ ކުރީގެ ކައިވެެނި ރޫޅުމަށްފަހު ލޯބިވެރިއަކާއެކު ގިނަ ދުވަސްތަކަކަށް ފަހުގަ އާންމުންނަށް ފެނިފައިވާއިރު، ރިތިކްގެ ކުރީގެ އަންހެނުން ސުޒޭން ޚާން ވެސް ވަނީ މިފަހުން އޭނާގެ ލޯބިވެރިޔާގެ ފޮޓޯ އާންމުކޮށްފަ އެވެ.
ސުޒޭން ލޯބީގެ ގޮތުން ގުޅުނީ އަރްސްލަން ގޯނީއާ އެވެ.