ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސްހުރި ޓޫރިސްޓަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަން ގޮސްހުރި ފަތުރުވެރިޔާ މަރުވެފައި ވަނީ އެއާޕޯޓް ސްމޯކިން އޭރިއާގައި ހުއްޓަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މަރުވީ އެއާޕޯޓްގެ ސްމޯކިން އޭރިއާގައި ހުރި 63 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެއް ކަމަށެވެ.
އެމްއޭސީއެލް އިން ބުނީ އެ ޓޫރިސްޓު މިއަދު ހެނދުނު މަރުވީ އެއާޕޯޓްގެ ސްމޯކިން އޭރިއާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ