މޫނުގެ ހަންގަނޑު ތާޒާކަމާއި ސާފުކަން މަތީ ބެހެއްޓުމަށް އެކި މީހުން ބޭނުން ކުރަނީ އެކި އުކުޅެވެ. އެގޮތުން މޫނުގައި އައިސް ކިއުބް ހޭކުމަކީ އެކަމުން ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ.
މޫނު އުޖާލާ ކޮށްދޭޭ
މޫނުގައި އައިސް ކިއުބް އުނގުޅުމުން ހަންގަނޑުގެ ލޭ ދައުރުވުން ރަނގަޅުކޮށްދީ މޫނު އަލިކޮށްދެ އެވެ. އައިސް އުނގުޅުމުން ބްލަޑް ވެސެލްތަކުގެ މަސައްކަތް ލަސްކޮށްލައި ހަންގަނޑަށް ލޭ ދައުރުވާ މިންވަރު ލަސްކޮށްލަ އެވެ. މިހެންވެ މިކަމާ ވިއްދައި ހަށިގަނޑު ދައުރުވާ ލޭ އިތުރުކޮށް މޫނަށް ފޮނުވަ އެވެ. ނަތީޖާއަކީ މޫނުގެ ހަންގަނޑަށް ދިރުން ގެނެސް އަލިކުރުމެވެ.
ލޮލުގެ ތިރީގައި ހުންނަ ކަޅު ލައްތައް ފިލުވައިދޭ
ގަވާއިދުން މޫނުގައި އައިސްކިއުބް ހާކާ ނަމަ ލޮލުގެތިރީ ހުންނަ ކަޅު ލައްތައް ފިލުވާލުމަށް އެހީއަކަށް ވެގެންދެ އެވެ. ފިނިފެންކޮޅެއް (ރޯޒް ވޯޓާ) ކައްކާލުމަށްފަހު ކިއުކަމްބާ ދިޔަ އެއާ އެއްކުރާށެވެ.
މި އައިސްކިއުބް ތަށްޓަކަށް އަޅައި ގަނޑުކުރުމުށް ފަހު ލޮލުގެ ތިރީގައި ހާކާށެވެ. އެކަމަކު އެންމެ ރެއަކުން ނަތީޖާ ނިކުންނާނެ ކަމަށް ބަލައިގެން ނުވާނެ އެވެ. ގަވާއިދުން ދުވަސްކޮޅަކު މަސައްކަތްކޮށްލުމުން ނަތީޖާ ފެންނަން ފަށާނެ އެވެ.
މޫނުގައި ހުންނަ އޮށާޅަތައް ފިލުވައިދޭ
މޫނުގައި އައިސްކިއުބް ހޭކުމުން މޫނުގައި ތެޔޮ އުފެދޭ މިންވަރު މަދުކުރެ އެވެ. އަދި ހަމަ އެހެންމެ އޮށާޅަ ނެގުމުން އުފުލި ދުޅަވެފައި ހުންނަ ތަންތަނުގެ ދުޅަ ތިރިކޮށްދީ ފަސޭހަކޮށްދެ އެވެ. އަލަށް އޮށާޅައެއް ފުރަތަމަ ނިކުތުމާ އެކު އެ އިތުރަށް ބޮޑުވިޔަ ނުދޭން އައިސްކިއުބް ބޭނުން ކުރާށެވެ.
މޫނުގައި ހުންނަ ވަޅުތައް ކުދިކޮށްދޭ
މޫނުގައި ހުންނަ ވަޅުތަކުގައި އުފެދޭ ތެޔޮތައް ސާފުނުކޮށް ބަހައްޓައިގެން ހަޑި އެވަޅުތަކުގައި ދަތުރު ކުރަން ފެށުމުން އުފެދުމުން އޮށާޅަ ނަގަ އެވެ. މޫނު ދޮވުމަށް ފަހު އައިސްކިއުބެއް ހާކައިލުމުން ވަޅުތައް ހުންނާނީ ކުދިވެފަ އެވެ. މީގެ ސަބަބުން ވަޅުތަކުގައި ހަޑި ހުންނަ މިންވަރު މަދުކޮށްދެ އެވެ.
މޫނުގައި ހުންނަ ރޫތައް މަދު ކޮށްދޭ
މުސްކުޅިވުމަކީ އެކަކަށް ވެސް ހުއްޓުވޭނެ ކަމެއް ނޫނެވެ. އެކަމަކު މުސްކުޅިވަމުން އަންނައިރު މޫނުގައި ޖެހެމުންދާ ރޫތައް ބޭރުފުށަށް ފެންނަލެއް ކުޑަކުރެވިދާނެ އެވެ.
ފަރުވާއަކީ އައިސްކިއުބެވެ. މޫނުގައި ހުރި ރޫތައް ފެންނަލެއް ކުޑަކޮށްދިނުމުގެ އިތުރަށް އިތުރު ރޫތައް އެރުމުން ދުރުކޮށްދޭނެ އެވެ.