މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި މަސައްކަތްކުރާ މުވައްޒަފަކު އަންހެނަކަށް ބިރުދެއްކި މައްސަލަ އެ ކުންފުނިން ބަލަން ފަށައިފި އެވެ.
ނޯތު ހާބަރު ތެރެއިން އެމްޕީއެލް މުވައްޒަފަކު އަންހެނަކަށް ބިރު ދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ވަރަށް ބާރަށް ދައުރުވަމުންނެވެ. މި ވީޑިއޯގައި މެދު އުމުރުގެ މީހަކު އަންހެނަކާ ދިމާލަށް ލޮލާ ދިމާލަށް އިނގިލި ދިއްކޮށް ހަޅޭއްލަވާ މަންޒަރު ފެނެ އެވެ. އޭގެ އިތުރުން މާރާމާރީ ހިންގައި ގެއްލުން ދޭނެ ކަމަށް ބުނެ ތަކުރާރުކޮށް އެ މީހާ ހަޅޭއްލަވަމުން ގެންދާ މަންޒަރު ވެސް ފެނެ އެވެ.
އެ ފިރިހެން މީހާ ވަނީ ލޯމަތީ ޖަހައި ލޮލުގައި އޮތް އައިނާއެކު ފުނޑާލާނެ ކަމަށް ބުނެ އިންޒާރުދީފަ އެވެ.
މިކަން ހިނގި ވަގުތު އެ ސަރަހައްދުގައި އޭނާ ހުއްޓުވަން އެއްވެސް މީހަކު ނޫޅޭކަން ފާހަގަވެ އެވެ. އެކަން ހުއްޓުވަން ބަޔަކު މަސައްކަތް ނުކުރާތީ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ސޯޝަލް މީޑީއާގައި އާންމުވާން ފަށާފައިވާ މި ވީޑިއޯގައި އެ ފިރިހެން މީހާ ރުޅި އައީ، އޭނާގެ ފޮޓޯއެއް ނެގި ކަމަށް ހީކޮށް ކަމަށް ބުނެ އެވެ. ނަމަވެސް އަންހެން މީހާ ވަނީ އޭނާ އެފަދަ ކަމެއް ނުކުރާ ކަމަށް ބުނެފަ އެވެ.
އެމްޕީއެލުން ވަނީ މި މައްސަލަ ބަލަމުން ގެންދާ ކަމަށް ބުނެފަ އެވެ.
"މި މައްސަލަ މި ކުންފުނިން މިހާރު ދަނީ ބަލަމުން. މި ކުންފުނިން މައްސަލަ ބެލުމަށްފަހު، ކުންފުނީގެ ގަވާއިދުތަކާއި އެއްގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" އެމްޕީއެލުން ބުނެފައިވެ އެވެ.
ތިޔަ މީހަކީ ބޯންޖެހޭނެ. ބޮވެން ޖެހޭނެ ކަމަށް ވަކާލާތު ކުރާ ގުރޫޕުގެ މީހެއް..ތިޔަ މަސްއަލައެއް ވެސް ނުބެލޭނެ.ވ. ސާފު.
އަންހެނެއް ކަމަކު މައިންބަފައިންނާ ބެހިގެން ނުވާނެ. ބިރުދައްކާ ގެންވެސް އެކަން ހުއްޓުވަން ޖެހޭ. ފިރިހެން މީހާގެ މައްސަލައެއް ނެތް.