މި ސަރުކާރުން މިހާތަނަށް ކުރި މަސައްކަތްތަކަށް ބަލާފައި ބާކީ ހުރި މަސައްކަތްތައް ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު އެއް ދައުރު މަގާމުގައި ދެމިހުންނަވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ކ. މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ އޭނާގެ ހަޔާތުގައި ސަރުކާރުގެ ގިނަ މިނިސްޓްރީތަކުގައި ގިނަ މަގާމުތަކެއް އަދާކުރެއްވިއިރު، މި ސަރުކާރުގެ ސްޕީޑާ އެއްވަރަށް ތަރައްގީގެ މަޝްރޫއުތައް ހިންގި ދުވަސްވަރެއް މިހާތަނަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ހިންގި އުމްރާނީ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް 1.86 ބިލިއަން ރުފިޔާގެ މަޝްރޫއު ނިންމާފައިވާ ކަމަށެވެ. އަދި 16.2 ބިލިއަން ރުފިޔާގެ މަޝްރޫއު މިހާރު ވެސް ހިންގަމުންދާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، އިތުރަށް ކުރަން ހުރި ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންގޮސް ރާއްޖެ އެހެން މިސްރާބަކަށް ގެންދެވޭނީ ރައީސް ސޯލިހަށް އިތުރު ދައުރެއް ލިބިގެން ކަމަށާއި، އެ ފުރުސަތު އޮތްތަން ފެންނަ ކަމުގައި އަސްލަމް ވިދާޅުވި އެވެ.
މިއީ ރައީސް ސޯލިހު ދެވަނަ ދައުރެއްގައި ހުންނަވާނެ ކަމަށް އެމްޑީޕީގެ ތެރެއިން ބޭފުޅަކު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރި ފުރަތަމަ ފަހަރެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ ގުޅޭގޮތުން އެ ޕާޓީން ރަސްމީކޮށް އެއްޗެއް ހާމަނުކުރި ނަމަވެސް ރިޔާސީ ޓިކެޓް ވެދުމަށް އެރުވުމަކީ ރައީސް ނަޝީދު ބޭނުންވާ ގޮތް ނޫންކަން ހާމަވެ އެވެ، އަދި އެމަނިކުފާނު ވަކާލާތު ކުރައްވަމުން ގެންދަވަނީ ބަރުލަމާނީ ނިޒާމެއް ގެންނެވުމަށެވެ.
ނަޝީދު ހާދަ ދެރަ ވާނޭ ދޯ. ބޮޑުވަޒީރުކަން ނުލިބިގެން އެ އުޅެނީ.
ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް
ތިއޮތީ މިދައުރުގަ ވައުދު ނުފުއްދުނު ކަމައްއެއްބަސްވެފަ. ހަތަރެސްކަން ހަމަވީ
މޮޔަޔާ ތިބާއަތުގަ އޮންނަ އެއްޗެއްތަ އެއީ ވެރިކަން. ތިޖޫރީކޮށްފަ ތިބާ ތަބަކަކަށްލާފާ އަމޭ ކިޔާފަ ދޭން