ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ޙަސީނާ ވާޖދު ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތަކީ ފާހަގަ ކޮށްލެވޭ މުހިންމު ޒިޔާރަތެކެވެ. ބަންގްލަދޭޝަކީ 1971 ވަނަ އަހަރު އުފެދުނު ގައުމެކެވެ. އޭރު ރާއްޖެ އިންގިރޭސިންގެ އަތުން މިނިވަންވިތާ ހަ އަހަރު ވެއްޖެ އެވެ. އިންޑިޔާ ކަނޑުގައި މުސްތަގިއްލު ގައުމެއްގެ ގޮތުގައި އަމިއްލަ ވެރިކަމަކާއި އާދަކާދަތަކެއް ދިވެހިން ގެންގުޅޭތާ އޭރު ވަނީ އެތައް ސަތޭކަ އަހަރެއްވެފަ އެވެ.
ބަންގްލަދޭޝްގެ އުމުރުން 50 އަހަރު ފުރުނު އަހަރު އެގައުމުގެ ބޮޑުވަޒީރު ރާއްޖެ ޒިޔާރަތް ކުރެއްވިއިރު ދިވެހި ދައުލަތުގެ ބަޖެޓަށް ބޭނުންވާ މިންވަރަށް ފައިސާ ނެތުމުގެ ސަބަބުން ބަންގްލަދޭޝް އިން މިވަނީ ރާއްޖެއަށް އެހީވާން ޖެހިފަ އެވެ.
ޝޭޚް ހަސީނާގެ މި ޒިޔާރަތުގައި ރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދެއްވާ ކަމުގައި ސަރުކާރުން އަންނަނީ ބުނަމުންނެވެ. ބަންގްލަދޭޝްއިން ރާއްޖެއަށް ވެދޭ އެހީތެރިކަމަކީ ދެ ސަރުކާރުގެ މެދުގައި ދެކެވޭ ވާހަކަތަކަކަށް ވީކަމުގައި ވިޔަސް ހަސީނާގެ ދަތުރުފުޅުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ތަގުރީރަކީ ދިވެހި ރައްޔިތުންނާ މުޚާތަބުކުރައްވައި އެކަމަނާ ދެއްކެވި ވާހަކަފުޅެއްކަމުން އެ ވާހަކައިގެ ފޮނިތޮށި ކާފޫރުރުތޮޅީގެ މީރުކަން ވަޒަން ކޮށްލަން ދިވެހިންނަށް ވަނީ ލިބިފަ އެވެ.
ހަސީނާގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައި ލެއްވީ ޕާކިސްތާނުގެ އަނިޔާވެރިކަމުގެ މައްޗަށެވެ. ޕާކިސްތާނު ސިފައިން ބަނގްލަދޭޝްގެ ރައްޔިތުންނަށް އަނިޔާކޮށް ގަތުލުކުރި ވާހަކަ އެވެ. އެކަމަނާގެ ބައްޕާފުޅު ޝޭޚު މުޖީބުއް ރަހުމާނު މިނިވަންކަމަށް މަސައްކަތް ފެއްޓެވުމުން ޕާކިސްތާނުގެ ޖަލުގައި ބަންދުކުރި ވާހަކަ އާއި އެންމެ ފަހުން އެކަމަނާގެ ބައްޕަފުޅާއި މަންމާ ފުޅާއެކު މުޅި އާއިލާ ގަތުލުކޮށްލެވުނު ލޭ އޮހޮރުވުމުގެ ވާހަކަ އެކަމަނާ ރާއްޖޭގެ ރައްޔިތުންނާ ހިއްސާ ކުރެއްވި އެވެ.
ސުވާލަކީ 50 އަހަރުގެ ކުރީގެ ވާހަކައެއް ތަކުރާރު ކުރައްވައި އަވަށްޓެރި މުސްލިމު ގައުމެއްގެ އަގު ވެއްޓޭ ގޮތަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އެކަމަނާ ދެއްކެވުމުގެ ބޭނުންފުޅަކީ ކޮބައިހެއްޔެ؟ މި ސުވާލުގެ ޖަވާބު އެކަމަނާގެ ތަގުރީރުން ވަރަށް ސާފުކޮށް ލިބެން އެބައޮތެވެ.
ބަންގްލަދޭޝްއަކީ އިނގިރޭސިން އިންޑިޔާއިން ފައިބައިގެން ދަމުން އިންޑިޔާ ދެބަޔަކަށް ބަހައި މުސްލިމުނަށް ޕާކިސްތާނުގެ ނަމުގައި ވަކި ގައުމެއް އުފައްދައި ދިންއިރު ޕާކިސްތާނުގެ ބައެކެވެ. ޕާކިސްތާން އުފެދުނީ އިންޑިޔާގެ މުސްލިމުންނަށްޓަކައެވެ. ޔޫރަޕްގެ ގިނަ ލިޔުންތެރިން ލިޔުއްވާ ގޮތުގައި ޕާކިސްތާނަކީ ދީނަކަށްޓަކައި ދުނިޔޭގައި އުފެދުނު ހަމަ އެކަނި ގައުމެވެ.
ޕާކިސްތާން މުސްލިމު ގައުމެއްގެ ގޮތުގައި ވުޖޫދަށް އައުމަކީ މުސްލިމުންނާ ދެކޮޅު ހިންދޫންގެ އިންޑިޔާއަށް ހިތް ފަސޭހަ ކަމަކަށް ނުވި އެވެ. ނަތީޖާއެއްގެ ގޮތުން ޕާކިސްތާން ބަލިކަށި ކޮށްލުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރެވޭތޯ އިންޑިޔާއިން އޮތީ ބަލަބަލަ އެވެ.
ޕާކިސްތާން އުފެދުނުއިރު އޮތީ ހުޅަނގު ޕާކިސްތާނާ އިރުމަތީ ޕާކިސްތާނެއްގެ ގޮތުގަ އެވެ. އިރުމަތީ ޕާކިސްތާނަކީ އީސްޓް ބެންގޯލް އެވެ. އެތަނުގެ ރައްޔިތުންގެ ބަހާއި އާދަކާދަޔާ ސަގާފަތަކީ މުޅިން ތަފާތު އެއްޗެކެވެ. އެހެންކަމުން އެމީހުން ދިމާވި ހިތްހަމަ ނުޖެހުންތަކެއްގައި ޕާކިސްތާނުން ވަކިވެ މިނިވަން ގައުމެއް އުފެއްދުމުގެ ވިސްނުން ބަންގްލަދޭޝްގެ ސިޔާސީ ވެރިން ގެންގުޅެން ފެށި އެވެ. މިކަމުގައި އިންޑިޔާގެ އެހީތެރިކަން ލިބުނެވެ.
ހަސީނާގެ ބައްޕާފުޅު މުޖީބުއްރަހުމާން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ އިންޑިޔާގެ ސިއްރު އެޖެންޓުންތަކަކާ ބައްދަލުކުރައްވައި ކަންތައްތަކެއް ރޭއްވެވިކަމުގެ ތުހުމަތުގަ އެވެ.
އިރުމަތީ ޕާކިސްތާން ޕާކިސްތާނުން ވަކިވެ ބަންގްލަދޭޝްގެ ނަމުގައި ވަކި ދައުލަތެއް އިއުލާންކުރުމުން އެ ވަކިވެގަތުން ހުއްޓުވުމަށް ޕާކިސްތާނު މިލިޓަރީ މަސައްކަތްކުރި ކަމަށް ވިޔަސް އެކަން ކާމިޔާބުނުވީ އެ ހަރަކާތަކީ ބަންގްލަދޭޝްގެ އާންމު ރައްޔިތުންގެ ނަމުގައި ހިންގިކަމުގައި ވިޔަސް ސީދާ އިންޑިޔާގެ މިލިޓަރީން ހިންގި ހަރަތަކާތަކަށްވުމުންނެވެ.
އިންޑިޔާގެ މިލިޓަރީން ބަންގްލަދޭޝްގެ ބޯޑަރު ޕާކިސްތާނަށް ބަންދުކޮށް ޕާކިސްތާނާ ހަނގުރާމަކޮށް ޕާކިސްތާނާއި ބަންގްލަދޭޝް ވަކި ކުރި އެވެ. އޭގެ ފަހުން ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ ނަމުގައި ވަކި ގައުމެއް އުފަންކުރުވީ ސީދާ އިންޑިޔާއިން ރާވައިގެންނެވެ. ޕާކިސްތާނަކީ މުސްލިމުންނަށްޓަކައި އުފެދުނު ގައުމެއް ކަމަށް ވިޔަސް ބަނގްލަދޭޝް އުފެދުނީ ދީނީ މިނިވަންކަމާއި ހަމަހަމަ ކަމަށް ވަކާލާތު ކުރަމުންނެވެ.
އިސްލާމިކް ރިޕަބްލިކްގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކްގެ ނަމުން ބަނގްލަދޭޝް ވުޖޫދަށް ގެނައީ އެ ގައުމަކީ ވަކި ދީނަކަށް ނިސްބަތްވާ ގައުމަކަށް ނުވެ ސެކިއުލާ ގައުމެއްގެ ގޮތުގައި ދެއްކުމަށެވެ.
ބަންގްލަދޭޝް ޕާކިސްތާނުން ވަކިވުމަށް ކުރި މަސައްކަތުގައި އެ ގައުމުގެ މުސްލިމު ނޫން އާބާދީގެ ހިއްސާ ވަރަށް ބޮޑެވެ. އެހެންކަމުން ސެކިއުލާ ގައުމެއްގެ ގޮތުގައި ބަންގްލަދޭޝްގެ ގާނޫނުތައް ބައްޓަންވެގެން ދިއުން، ބަންގަލަދޭޝްގެ ދީނަށް ލޯބިކުރާ ޖަމާއަތްތަކަށް ގަބޫލު ކުރެވޭނެ ކަމަކަށް ނުވި އެވެ.
ހަސީނާގެ ބައްޕާފުޅުގެ ސެކިއުލާ ވިސްނުންފުޅާ ދެކޮޅު، އިސްލާމީ އުސޫލުތަކަށް ލޯބިކުރާ ޖަމާއަތްތަކުން ގައުމަށް ގެނައި އިންގިލާބުގައި އެކަމަނާގެ ބައްޕާފުޅާއި އާއިލާގެ ގިނަ ބަޔަކު އަވަހާރަވި އެވެ. ނަމަވެސް އިންޑިޔާގެ އެހީގައި އަނެއްކާ ވެސް ހަސީނާގެ ބައްޕާފުޅުގެ ޕާޓީ ވަނީ ގައުމުގައި ބާރު ގަދަ ކޮށްފަ އެވެ.
ހަސީނާގެ ވެރިކަމުގައި ގައުމުގެ އިސްލާމީ ފިކުރުގެ މީހުނާމެދު ވަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. ދީނީ ޕާޓީތަކަށް ނިސްބަތްވާ ގިނަ ލީޑަރުންތަކެއް ވަނީ ދަންޖައްސައި މަރާލައިފަ އެވެ. މި ސިލްސިލާ އަދިވެސް ދަނީ ކުރިޔަށެވެ.
އިންޑިޔާއިން އަވަށްޓެރި ޕާކިސްތާނަށް ހަމަ ނޭވާލިޔަ ނުދިނުމަށް ކުރާ މަސައްކަތުގައި ސީދާކޮށާއި ނުސީދާކޮށް ބަންގްލަދޭޝްއިން ދަނީ ބައިވެރިވަމުންނެވެ. އޭގެ އަލިގަދަ ހެއްކަކަށް ރާއްޖޭގެ ޕާލަމެންޓުގައި ޕާކިސްތާނާ މެދު ނަފުރަތު އުފެދޭ ފަދަ މޭރުމުން ޝޭޚު ހަސީނާ ދެއްކެވި ވާހަކަފުޅު އެކަނި ވެސް ފުދެ އެވެ.
ބޭރުގެ ސިފައިން ތިބި ކަމަށް ނިންމޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ޖޭޕީން ބުނާނަމަ ދެން ކެނެރީގެ ނަޝީދު ދައްކާ ވާހަކަ އާއި ދިމާނުވޭ އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދައްކާ ވާހަކަ އާއި ދިމާނުވެއޭ އެމެން އެބުނަނީ އިންޑިއާ ސިފައިން މިތާ އެބަތިއްބޭ ދެން ރައީސް އިބޫ ވެސް އެވިދާޅުވަނީ މިރާއްޖޭގައި އިންޑިއާ ސިފައިން އެބަތިއްބޭ އެމެން ބައިތިއްބަން ހުއްދަ ދިނީ ވެސް އެމަނިއްޕުޅުގެ ވެރިކަމުގައޭ ދެން އެހެންވީއިރުން ގާނޫނާއި ޚިލާފަށް ނޫންތޭ އިންޑިއާ ސިފައިން މިތާ މިތިބީ އިންޑިއާ އައުޓް އިންޑިއާ އައުޓް
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ކައްޕަޅި ޕާރޓީ ތައް ދެއިރު ދެދަަޅަ އަށް އިންޑިއާ އައުޓާއި ދެކޮޅަށް ދޮގާއި މަކަރާއި ހީލަތް ހިމެނޭނެ އުސޫލުން ބަޔާން ތައް ނެރުނު ނަމަވެސް އިންޑިއާ އައުޓަށް ކުޑަ ވެސް ބަދަލެއް ނާންނާނެއޭ އިންޑިއާ ސިފައިން ޖެހޭނީ ބާލަން އަދި އިތުރަށް 2010 ވަނަ އަހަރުން ފެށިގެން އެސްޓީއޯ އަށް ގެންނަ ކާރޑުގެ ބާވަތް ތައް އިންޑިއާގެ ވަގު ކުންފުންނަކަށް ދީގެން ބޮޑެތި ކަޓް ޖައްސައިގެން އެސްޓީއޯ އަށް ކާރޑް ގެންނަ މީހުން ވެސް ބޭރުކޮށް ދިވެހިންނަށް ދޭން ޖެހޭނީ އިންޑިއާ އައުޓް ޖޭޕީ އައުޓް ގާސިމް
އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު
ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ނިންމޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ޖޭޕީން ބުނި ނަމަވެސް ޖޭޕީ އަށް ވެސް އިނގޭ މިރާއްޖޭގައި އިންޑިއާ މިލިޓަރީ ޔުނިފޯރމް އަޅައިގެން ތިބި ސިފައިން އެބަތިބި ކަން އެގޮތުން ބަލާއިރު އައްޑޫގައި 2000 އިންޑިއާ ސިފައިން އަދި ލާމުއަތޮޅުގައި އިންޑިއާ 15 ހާސް ސިފައިން އަދި އުތުރު ތިލަފަޅުގައި 6 ހާސް އިންޑިއާ ސިފައިން ހަނިމާދޫގައި އިންޑިއާ 30 ހާސް ސިފައިން މީ ދޮގު ނުކުރެވެން އޮތް ތެދު ހަގީގަތެކޭ ކިއެއްވެތޭ ބަލާނެތްތޯ ބަލާށޭ ބަލާށޭ އިންޑިއާ އައުޓް އިންޑިއާ އައުޓް
ކުރީގާވެސް ހަމަ ހިތަށްއެރި، މި ގައުމުގައި މިއޮތް ޒާލިމުންގެ ސަރުކާރުން މި ވަރަކަށް ހަސީނާ ވެގެން މި އުޅެނީ އިންޑިއާ އަށް ތާއީދު ކުރާ މީހަކަށް ވާތީއޭ، ލަނޑައާ ވާނީ ލަނޑަޔާ.
ބަންގާޅުން ދޭ 13 މިލިޓަރީ އުޅަނދު ތަކުގެ އަޑިވެސް އެބަ ބަލަން ޖެހޭ އެއީވެސް އިންޑިއާ އަޑީގައި އޮވެގެން އިންޑިއާ އިން ކުރާ ކަމެއް ކަން މަމެންނަށް ޔަގީނޭ މިކަން އެބަޖެހޭ ބަލަން އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ހަސީނާ ގެ އާއިލާ ބާގީ ވުމުން އިސްލާމީ އަދަބަކީ ގަތުލުކުރުންއިސްލާމީ ދަވްލަތާ ދެކޮޅުވެ ބަގާވާތް ކުރާމީހުންގެ ހުކުމަކީ ގަތުލުކުރުން.ހަސީނާގެ ބައްޕައަށް ދިމާވިގޮތަކީ މިއީ.